ads
މުލިއާގެ
މުލިއާގެ މަރާމާތު ކުރަނީ، ރައީސް އުޅުއްވާނީ ދިމްޔާތުގައި
ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ ނުވަތަ ރިޔާސީ ގަނޑުވަރު މަރާމާތު ކުރަމުންދާތީ، އެ މަސައްކަތް ނިމެންދެން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އަމިއްލަފުޅު ގެކޮޅު މ. ދިމްޔާތުގައި އުޅުއްވަން ނިންމަވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެ ނުވަތަ ރިޔާސީ ގަނޑުވަރު މަރާމާތު ކުރަމުންދާއިރު، އެ މަސައްކަތަށް ހޭދަވާނީ ކިހާ މުއްދަތެއް ކަމެއް ސާފެއް ނުވެއެވެ. ވެރިކަން ބަދަލުވުމުގެ ހަފްތާއެއްހާ ދުވަސް ކުރިން، ރައީސް އިބްރާހީމް މުހައްމަދު ސާލިހުވަނީ މުލިއާގެއިން ނުކުންނަވައިފައެވެ.

މިއަދު ވެރިކަމާ ހަވާލުވެވަޑައިގެންނެވި، ޑރ. މުހައްމަދު މުއިއްޒު، އާއިލާއާއެކު މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވަނީ، އަމިއްލަ ގެކޮޅު، މ. ދިމްޔާތުގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ރިޔާސީ ގަނޑުވަރު މަރާމާތުކޮށް ނިމެންދެން އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވަންކަމަށެވެ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ޙައިސިއްޔަތުން ކުރައްވާ މުހިންމު މަސައްކަތްޕުޅުތައް، ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ކުރިއަށްގެންދަވާނެކަމަށެވެ.

ރިޔާސީ ގަނޑުވަރު މުލިއާގެއަކީ، ރާއްޖޭގެ އެންމެ މަތީ ވެރިޔާ ދިރިއުޅުއްވުމަށް ސަރުކާރުގެ ފަރާތުން ޚާއްސަކުރައްވާފައިވާ ގެކޮޅެވެ. މީގެކުރީގެ ބައެއް ރަސްރަސްކަލުންނާއި، އަދި ވޭތުވެދިޔަ ދަޢުރުތަކުގެ ބައެއް ރައީސުންވެސް ރިޔާސީ ގަނޑުވަރު، މުލިއާގޭގައި ދިރިއުޅުއްވިއެވެ. އެންމެފަހުގެ ރައީސް، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ 5 އަހަރުގެ ދަޢުރުގައި، އެމަނިކުފާނުވެސް ދިރިއުޅުއްވީ މުލިއާގޭގައެވެ. އަދި ރައީސް ނަޝީދާއި ރައީސް ވަޙީދުވެސް މުލިއާގޭގައި ދިރިއުޅުއްވިއެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް