ads
އެވަޓަންގެ 10 ޕޮއިންޓްވަނީ އުނިކޮށްފައި
އެވަޓަނުން 10 ޕޮއިންޓް އުނިކުރުމާއެކު ފުލަށް ވެއްޓިއްޖެ
ފައިނޭންޝަލް ފެއާޕްލޭއާ ހިލާފުވުމުން، އެވަޓަންގެ 10 ޕޮއިންޓް އުނިކޮށްފިއެވެ.

ފައިނޭންޝަލް ފެއާ ޕްލޭއަކީ ފުޓްބޯޅަ ކްލަބްތައް ހަރަދުކުރުމަށް ހަދާފައިވާ މާލީ ގަވާއިދެވެ. މި ގަވާއިދުގައިވާ ގޮތުން ތިން އަހަރު ތެރޭ ޕްރިމިއާ ލީގުގެ ކޮންމެ ކްލަބަކަށް ވެސް ގެއްލުމުގެ ގޮތުގައި، 105 މިލިއަން ޕައުންޑް (130 މިލިއަން ޑޮލަރު) ހިމެނޭނެ އެވެ.

އެވަޓަން އިން މާލީ އުސޫލާ ހިލާފުވެފައިވާ ކަމަށް މިދިޔަ މާޗް މަހު، ރިޕޯޓްކުރުމާ ގުޅިގެން، އެ މައްސަލަ ބަލަން އެކުލަވާލި މިނިވަން ކޮމިޝަނުން ބެލި ބެލުމުން އެނގިފައިވަނީ އެވަޓަންގެ ގެއްލުން 124 މިލިއަން ޕައުންޑް (154 މިލިއަން ޑޮލަރު) އަށް އަރާ ކަމަށެވެ. އެހެންވެ، ލީގުން ނިންމީ އެވަޓަންގެ 10 ޕޮއިންޓް އުނިކުރުމަށެވެ.

އެވަޓަންއިން 10 ޕޮއިންޓް އުނިކުރުމާއެކު އެ ޓީމުވަނީ ޓޭބަލްގެ ފުލަށް ސޮއްސާލައިފައެވެ. އެވަޓަންގެ 10 ޕޮއިންޓް އުނިކުރުމާ ގުޅިގެން، އެ ޓީމު ވަނީ ލީގުގެ 19 ވަނަ އަށް ވެއްޓިފަ އެވެ. އެވަޓަން އިން ވަނީ މި މައްސަލަ އެޕީލް ކުރާނެ ކަމަށް ބުނެފަ އެވެ. މިއީ، މިހާތަނަށް މި ފަދަ މައްސަލައެއްގައި ޕްރިމިއާ ލީގުގެ ޓީމަކަށް އެޅި އެންމެ ބޮޑު ފިޔަވަޅެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް