އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އަދީބު ފުރާވަޑައިގެންނެވީ ރޭ ނުވަތަ ކުރީ ރެ އެވެ. ފުރާވަޑައިގަތީ ކޮންތާކަށް ކަމެއް އެނގިފައެއް ނުވެ އެވެ.
ރައީސް ސޯލިހު، އަދީބަށް ލުއިދެއްވީ ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަދީބާ އެކު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބުވެސް ވަނީ ލުއިކޮށްދެއްވާފަ އެވެ. ލުއި ދެއްވިއިރު އަދީބު ގެންދެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަދީބަށް ދެއްވި މާފާ އެކު، އޭނާ ރާއްޖޭން ބޭރަށް ފުރާވަޑައިގެންފައިވާއިރު، އަދީބު ވަނީ މީގެ ކުރިން ޓަގު ބޯޓެއްގައި ރާއްޖޭން ފިލައިގެން ގޮސްފަ އެވެ. އޭނާ އަތުލައިގަނެވުނީ އިންޑިއާގެ ޓުޓިކޮރިންނެވެ.