ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޒީރުކަމުގެ މަގާމުކަމުގައިވާ ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން މުހައްމަދު ގައްސާން މައުމޫންއެވެ.
ގައްސާނަަށް ވަޒީރުކަން ދެއްވުމުން، މައުމޫންވަނީ ސޯޝަލް މީޑިއާގައި ޑރ. މުއިއްޒުއަށް ޝުކުރު އަދާކުރައްވައި އަދި ގައްސާން އިރުބާރާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ވަޒީރުކަމަށް ރޭ ގައްސާން މައުމޫން އައްޔަން ކުރެއްވިއިރު، ގައްސާން މިހާތަނަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައެވެ.
2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު ކޮންމެ ވެރިކަމެއްގައިވެސް ރައީސް މައުމޫންގެ ދަރިއަކު ކެބިނެޓްގައި އިންނަވައެވެ.