ads
މިނިސްޓަރު ޔުމްނާ
ކުރީގެ މިނިސްޓަރު ޔުމްނާ ރައީސް މުއިއްޒަށް ފާޑު ވިދާޅުވެއްޖެ
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގައި އަންހެން ބޭފުޅުން މަދުކަމުން ނިމިދިޔަ ސަރުކާރުގެ ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ފާޑު ވިދާޅުވެއްޖެ އެވެ.
Advertisement

ޔުމްނާ ކުރެއްވި ޓްވީޓެއްގައި އަންހެން ބޭފުޅުން ކެބިނެޓްގައި މަދުކަން ފާހަގަ ކުރެއްވުމުގެ އިތުރުން ޖެންޑާ މިނިސްޓްރީއެއް އާ ސަރުކާގައި ނެތް ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

''މިއަދު ރާއްޖޭގެ ސިޔާސީ ދާއިރާގައި ވެސް ތަޢުލީމީ، ތަޖުރިބާކާރު އަންހެން ލީޑަރުން ތިބިކަން ޔަޤީން'' އެ ޓްވީޓްގައި ޔުމްނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ރޭ އެކުލަވާލި އެމަނިކުފާނުގެ ކެބިނެޓުގައި ބާވީސް ވަޒީރުން ތިއްބަވާއިރު، އޭގެ ތެރޭގައި ހިމެނެނީ އަންހެން ތިން ބޭފުޅުންނެވެ. އެއީ، އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އާއި ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ އިތުރުން ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

ރައީސް ސޯލިހު ސަރުކާރު ނިމުނުއިރު ކެބިނެޓްގައި ތިއްބެވީ ހަ އަންހެން ބޭފުޅުންނެވެ. އެއީ ޔުމްނާގެ އިތުރުން ޑިފެންސް މިނިސްޓަރުކަން ކުރެއްވި މާރިޔާ އަހްމަދު ދީދީއާއި، ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އައިޝަތު ނަހުލާ އާއި، އެޑިޔުކޭޝަން މިނިސްޓަރުކަން ކުރެއްވި ޑރ. އައިޝަތު އަލީއާއި، އެންވަޔަރަންމަންޓް މިނިސްޓަރުކަން ކުރެއްވި އައިމިނަތު ޝައުނާގެ އިތުރުން ޖެންޑާ މިނިސްޓަރުކަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ އެވެ.

އާ ސަރުކާރުގެ ކެބިނެޓްގައި ވަކި ވުޒާރާއެއްގެ ގޮތުގައި ޖެންޑާ މިނިސްޓްރީ އުފައްދާފައި ނުވާތީ އެކަމުގައިވެސް ޔުމްނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ރައީސް މުއިއްޒު މީގެ ކުރިން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި އަންހެން ބޭފުޅުންގެ އަދަދު މަދު ނަމަވެސް މުޅި ސަރުކާރުގެ އޮނިގަނޑު ހަމަޖެހިގެންދާއިރު އިސް މަގާމުތަކުގައި އެންމެ ގިނަ އަންހެން ބޭފުޅުން ތިއްބަވާނީ މިސަރުކާރުގައި ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ އަށް ކުންފުންޏެއްގެ އެންމެ އިސް މަގާމަށް އަށް އަންހެން ބޭފުޅަކު އައްޔަންކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ވެސް އަންހެނުންނަށް ގޮންޖެހުންތައް އަދިވެސް އެބައޮތް ކަމަށް މިންތީގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކުން ނެރޭ ރިޕޯޓްތަކުން ހާމަވެ އެވެ. އޭގެތެރޭގައި މަސައްކަތުގެ ތެރޭގައި އުޅޭއިރު އަންހެނުންނަށް ފުރައްސާކުރުމާއި ތަފާތުކުރުން ގެންގުޅުން ފަދަ ކަންކަން ހިމެނޭ ކަމަށާއި އެކަންކަން މުޖުތަމައުން ނެތިގެންދާން ޖެހޭ އަންހެނުން ބާރުވެރިކަމަށް މަސައްކަތްކުރައްވާ ފަރާތްތަކުން ދެކެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް