އައްޑޫގެ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު މީހަކު މަރުވެއްޖެ
އަލީ މިދުހަތު
18 ނޮވެންބަރ 2023 - 16:43:34
އައްޑޫގެ ފަޅު ރަށަކަށް ދަތުރުގޮސް އުޅުނު މީހަކު ވެއްޓި މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މަރުވީ އުމުރުން 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ އޭނާ ދަތުރު ގޮސްގެން އުޅެނިކޮށް ހާލު ދެރަވުމުން މިއަދު މެންދުރު 12:55 ހާއިރު ކަމަށެވެ. އެއްރުށްހެރާ އިން މި މީހާ ފޭދޫ އަށް ގެންދިޔައީ ސިފައިންގެ ކޯސްޓްގާޑް އުޅަނދެއްގަ އެވެ.
އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނެފައިވެ އެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް