ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ވަޒީރުކަމުގެ މަގާމުކަމުގައިވާ ޑިފެންސް މިނިސްޓަރ ކަމަށް އައްޔަން ކުރައްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ފިރިހެން ދަރިކަލުން މުހައްމަދު ޣައްސާން މައުމޫންއެވެ.
ބަނޑާރަ ކޮށީގައި ބޭއްވި މި ބައްދަލުވުމުގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އާއި ޖެނެރަލް އޮފިސަރުންނާއި ތަފާތު ޔުނިޓްތަކާއި ސެކްޝަންތަކުގެ ކޮމާންޑަރުން ބައިވެރިވި އެވެ.
މިއީ މިނިސްޓަރު ގައްސާން އާއި އެ ތަނުގެ އިސްވެރިން ތައާރަފްވުމަށްޓަކައި ބޭއްވެވި ބައްދަލުވުމެއް ކަމަށް މައުލޫމާތު ލިބެ އެވެ.