ads
އޯކިޑް މަގާއި ފަރީދީ މަގު ހިމެނޭ ސަރަހައްދުގައި ތަރައްގީކުރި ގަޑިބުރު - ފޮޓޯ:އަހުމަދު އަންވަރު
ފަސް ވަގުތު ބަންގީގެ އަޑުއިވޭ ގޮތަށް ގަޑިބުރު މިރޭ އިފްތިތާހު ކުރަނީ
މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި، ކުރީގެ މުސްކުޅި ގަޑިބުރު އަލުން ތަރައްގީކޮށް، މިރޭ އިފްތިތާހު ކުރުމަށް ނިންމައިފި އެވެ.

ޒަމާނީ ފަރުމާއަކަށް ގަޑިބުރުގެ ތަރައްގީކޮށްފައިވާއިރު، އެތަން ހުޅުވުން އޮންނާނީ މިރޭ 08:30 ގަ އެވެ. ރަސްމީކޮށް ގަޑިބުރު އިފްތިތާހު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ގަޑިބުރު އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ) އިންނެވެ. މަސައްކަތްތައް ނިންމައި އާންމުންނަށް ފެންނާނެހެން ދައްކާލާފައިވާއިރު، ރޭގަނޑަށް ދިއްލާލުމުން ގަޑިބުރު ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. އިސްލާމީވަންތަކަން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ގަޑިބުރުގެ ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ހުންނައިރު، ވަށައިގެން ހަރުކޮށްފައިވާ ލެޑް ޕެނަލްތައް އެކި ގޮތްގޮތަށް ދިއްލެ އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގަޑިބުރު ތަޅާލާ މަރާމާތުކޮށްފައިވެ އެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2016 ވަނަ އަހަރުގެ ފަހުކޮޅު އެތަން ތަޅާލާ މަރާމާތު ކުރި އެވެ. އެފަހުން 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަނެއްކާވެސް އެތަން ތަޅާލުމަށްފަހު މަރާމާތުކޮށްފައިވެ އެވެ.

މާފަންނު ގަޑިބުރަކީ ނަވާރަސަތޭކައިގެ ތެރޭގައި ސްރީ ލަންކާއިން ރާއްޖެއަށް ހަދިޔާކުރި ގަޑި ބެހެއްޓި ތަނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް