
އެންއައިސީޔޫ އިން ނުރައްކާތެރި ޖަރާސީމެއް ފެނިގެން ފަރުވާ ދެމުންދާ ފަސް ކުދިންގެ ތެރެއިން ދެ ކުދިންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި، އެކުދިން ރާއްޖެއިން ބެރަށް އިތުރު ފަރުވާއަށް ފޮނުވާލުމަށް މަސައްކަތްކުރަމުން އަންނަކަމަށް އަޖީއެމްއެޗުން ވަނީ ބުނެފައެވެ.
އެންއައިސީޔޫގައި ފެތުރުނު ނުރައްކާތެރި ޖަރާސީމުގެ ސަބަބުން ހާލު ދެރެވެފައިވާ އުމުރުން އެންމެ 28 ދުވަހުގެ ކުއްޖަކު ބޭރަށް ގެންދިޔުމަށް އެ އާއިލާއިން ވަނީ އެހީ ހޯދަން ފަށާފައެވެ. އެހީ ހޯދަނީ އަލްސަން ބިން މުހައްމަދުގެ އާއިލާއިންނެވެ.
އެންއައިސީޔޫގައި ފެތުރުނު ނުރައްކާތެރި ޖަރާސީމުގެ އަސަރު އެ ތުއްތު ކުއްޖާއަށް ކޮށް ހާލު ދެެރެވެފައިވަނީ ވިހެއުމުގައި ހުރި މައްސަލަތަކެއް ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށެވެ. މި ތުއްތު ކުއްޖާއަށް ފަރުވާ އާއިލާއިން އެހީތެރިކަމަށް އެދިފައި މިވަނީ އެ ކުއްޖާއަށް ފަރުވާ ދިނުމަށް އާސަންދައާއި ޓިކެޓް ހަމަޖެހިފައިވީނަމަވެސް ފަރުވާއަށް ދާނެ ހަރަދު އަންދާޒާ ނުކުރެވޭތީކަމަށް އެ އާއިލާއިން ވަނީ ބުނެފައެވެ.
އެހީ ފޮނުވަންވީ
- އެކައުންޓް ނަން Mohamed Shamoon ( ކުއްޖާގެ ބައްޕަ)
- އެކައުންޓް ނަމްބަރު : 90103101523811000 (ރުފިޔާ އެކައުންޓު)
އައިޖީއެމްއެޗްގެ ކުޑަކުދިންގެ އައިސީޔޫ (އެންއައިސީޔޫ) ގައި ތިބި ބައެއް ކުދިންގެ ކިބައިން ބޭހަށް ނުގުޑާ ނުރައްކާތެރި ޖަރާސީމު (މަލްޓި-ޑްރަގް ރެސިސްޓަންޓް އޯގަނިޒަމްސް) ފެނިފައިވާކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
ޖަރާސީމު ފެނުނު ފަސް ކުދިންގެ ތެރެއިން ހަތަރު ކުދިންނަކީ ދުވަސް ނުފުރާ ވިހެއި ކުދިނެވެ.
ޖަރާސީމު ފުރަތަމަ ފެނުނީ މާޗު 27 ވަނަ ދުވަހުއެވެ. ނަމަވެސް މިދިޔަ މަހު ޖަރާސީމު ވަނީ އިތުރު ހަތަރު ކުއްޖަކަށް ޖެހިފައެވެ. ނަމަވެސް ހާލު މިވަގުތު ބޮޑަށް ސީރިއަސްވީ ދެ ކުއްޖެއްގެއެވެ.
މި ޖަރާސީމަކީ ހޮސްޕިޓަލްތަކުގެ ކްރިޓިކަލް ކެއާ ޔުނިޓްތަކުގައި އާންމުކޮށް ފެންނަ، އަދި ހާއްސަކޮށް ބަލިހާލު ދެރަ މީހުންނަށް ނުރައްކާތެރި އެއްޗެއްކަމަށް ހެލްތު މިނިސްޓްރީން ކުރިން ވެސް އަންގާފައިވެއެވެ.
އައިޖީއެމްއެޗުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މި ޖަރާސީމު ފެނުމާއެކު ވަގުތުން އިންފެކްޝަން ކޮންޓްރޯލް ފިޔަވަޅުތައް އަޅައި، ހާލަތު ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ. އަދި މިހާތަނަށް އިތުރަށް މި ޖަރާސީމު ފެނިފައިނުވާކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ. މީގެ އިތުރުން، އެންމެހާ ބަލިމީހުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.