ads
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ވިދާޅުވީ ގަޑިބުރުގެ މަސައްކަތަކީ ސިޓީ ކައުންސިލުގެ އެކްޝަން ޕްލޭނުގައި ހިމެނި ކަމެއް ކަމަށް - ފޮޓޯ:ރައީސް އޮފީސް
ގަޑިބުރުގެ މަސައްކަތަކީ ސިޓީ ކައުންސިލުގެ އެކްޝަން ޕްލޭނުގައި ހިމެނި ކަމެއް: ރައީސް
މިރޭ އިފްތިތާހު ކުރެވުނު ގަޑިބުރުގެ މަސައްކަތަކީ މާލޭ ސިޓީ ކައުންސިލުގެ އިސްތިރާޖީ އެކްޝަން ޕްލޭނުގައި ހިމެނިގެން ކުރެވުނު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި، ކުރީގެ މުސްކުޅި ގަޑިބުރު އަލުން ތަރައްގީ ކުރުމަށްފަހު ރަސްމީކޮށް ހުޅުވައިދެއްވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން ރައީސް ވިދާޅުވީ ގަޑިބުރު އަލުން ތަރައްގީ ކުރުމުގެ މަސައްކަތަކީ އެމަނިކުފާނު މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު ފާސްކުރެއްވި އިސްތިރާޖީ އެކްޝަން ޕްލޭންގެ ދަށުން ކުރެއްވި މަސައްކަތްޕުޅެއް ކަމަށެވެ.

ރައީސް ވިދާޅުވެފައި ވަނީ މިހާރުގެ ގަޑިބުރު ތަރައްގީ ކުރައްވާފައި ވަނީ ހުރިހާ އުމުރެއްގެ މީހުނަށްވެސް މަގުބޫލު ވިސްނުންތަކެއް ގެނެވޭނެ ގޮތަށް ކަމަށެވެ. އާ ގަޑިބުރުގައި ހިމެނޭ ކަންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި ގޮތުގައި ގަޑިބުރު ތަރައްގީކޮށްފައިވަނީ ފަސް ވަގުތު ބަންގި އަޑު އިވޭ ގޮތަށް ކަމުގަ އެވެ.

މުހިންމު މެސެޖުތައް ގަޑީގައިވާ ޑިޖިޓަލް ސްކްރީނުން ދެއްކޭނެ ކަމަށާއި އެކި ކަހަލަ އިސްތިހާރުތައް ގަޑިބުރުގައިވާ ސްކްރީނުން ދެއްކޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މާފަންނު ގަޑިބުރަކީ ދިވެހިރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ގަބޫލުކުރި ގައުމު ކަމުގައިވާ އަވަށްޓެރި ސްރީ ލަންކާއިން، ރާއްޖޭގެ މިނިވަން ކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި 1990 ވަނަ އަހަރު، ރާއްޖެ އާއި ސްރީލަންކާ އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުން ކުރި ހަދިޔާއެކެވެ. އަދި ދުވަސްތަކަކަށް ގަޑިބުރު އެ ސަރަހައްދުން ނެގުމަށްފަހު މިރޭ ރައީސް ހުޅުވައިދެއްވީ ޒަމާންވީ ގަޑިބުރު ރަމްޒުކޮށްދޭ ޒަމާނީ ގަޑިބުރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް