އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރުކަމުގެ މަގާމު ހުސްވެފައިވާނީ ކުރިން އެމަގާމުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ ރައީސްކަމުގެ ރިޔާސަތާ ހަވާލުވުމަށް ފަހު ޕީޖީ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އެމްޑީޕީ ޕީޖީ ލީޑަރުގެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 23 ވަަނަ ދުވަހު އެވެ.
އެ މަގާމަށް ވާދަކުރައްވާނީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމް އާއި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަދި ކާށިދޫ މެމްބަރު އަބްދުﷲ ޖާބިރު އެވެ.