ads
ކަރީނާ އަދި ސައިފް އަލީ ހާން
ސައިފް އަކީ ވަރަށް ސެކްސީ ވަހެއް ދުވާމީހެއް: ކަރީނާ
ކަރީނާ ކަޕޫރުގެ ފިރިމީހާ ސައިފް އަލީ ހާން އަކީ ވަރަށް ސެކްސީ ވަހެއް ދުވާހމީހެއްކަމަށް ކަރީނާ ކަޕޫރު ބުނެފިއެވެ.

ކޮފީ ވިތް ކަރަން ޝޯގައި ވާހަކަ ދައްކަމުން ކަރީނާ ބުނީ އޭނާވެސް ސައިފް ގޮތަށް "ސެކްސީ" ވަހެއް ދުވާމީހަކަށް ވާން ބޭނުންވާކަމަށެވެ. 

"ސައިފް އަކީ އަބަދުވެސް ވަރަށް ސެކްސީ ވަހެއް ދުވާމީހެއް. އަހެރެންވެސް ސައިފް ގޮތަށް ސެކްސީ ވަހެއް ދުވާ މީހަކަށް ވާން ބޭނުން،" ކަރީނާ ބުންޏެބެ. 

ކަރަންޖޯހަރުގެ ޝޯގައި ކަރީނާ ވަނީ އޭނާއާއި ސައިފްގެ ޕާސަނަލް ލައިފްގެ ބައެއް ވާހަކަތައް ވެސް ހިއްސާކޮށްފައެވެ. 

މިގޮތުން ސައިފްއާ ކައިވެނިކުރުމުގެ ކުރިން ދެ މީހން އެއްކޮށް އެއްކޮށް ދިރިއުޅެން ފެށިކަން ވެސް ކަރީނާ ވަނީ ހާމަކޮށްފައެވެ. 

ސައިފްއާ ކަރީނާ ކައިވެނިކޮށްގެން އުޅޭތާ މިހާރު ހަ އަހަރު ދުވަސް ވެއްޖެއެވެ. އެ ދެމީހުންނަށް ވަނީ ދެ ދަރިންވެސް ލިބިފައެވެ. އެއީ ހަ އަހަރު ގެ ތައިމޫރު އާއި، ދެ އަހަރުގެ ޖެހް އެވެ. 

ސައިފްއާ ކަރީނާ ކައިވެނި ކުރީ އެކުގައި ފިލްމެއްގައި މަސައްކަތްކުރުމަށްފަހުއެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް