ads
ކޮރެއާގެ ބުސާން މެޓްރޮޕޮލިޓަން ސިޓީގެ މޭޔަރާ ޕާކް ހިޔޮންގ-ޖޫން އާ ރައީސް ބައްދަލު ކުރައްވަނީ - ފޮޓޯ:ރައީސް އޮފީސް
ވިޔަފާރީގެ ފުރުސަތާ ގުޅޭގޮތުން ކޮރެއާ އާއެކު މަޝްވަރާކޮށްފި
ސަލާމަތާ ގުޅޭ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްތަކަށް އިތުރު ފުރުސަތު ހޯދުމާ ގުޅޭގޮތުން ރިޕަބްލިކް އޮފް ކޮރެއާ އާއެކު ރާއްޖެއިން މަޝްވަރާކޮށްފި އެވެ.

ކޮރެއާ އާއެކު އެކަންކަމާ މަޝްވަރާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް، ރިޕަބްލިކް އޮފް ކޮރެއާގެ ބުސާން މެޓްރޮޕޮލިޓަން ސިޓީގެ މޭޔަރު ޕާކް ހިޔޮންގ-ޖޫން ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެ ބޭފުޅުން ބައްދަލު ކުރެއްވި ބައްދަލު ކުރެއްވުމުގަ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި އެކަންކަމުގެ އިތުރުންވެސް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމާއި ޓޫރިޒަމް ކުރިއެރުވުމާއި ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުވުމާއި ގަވަނަންސްގެ އިތުރުން ބޯހިޔާވަހިކަމާއި އިމާރާތްކުރުމާއި އުމްރާނީ ތަރައްގީގެ ދާއިރާ އަދި އިންސާނީ ތަރައްގީކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސް ޑރ. މުއިއްޒާއި މޭޔަރު ޕާކް ހިޔޮންގ-ޖޫން ވަނީ މަޝްވަރާ ކުރެވުނު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަން ހާމަކުރައްވާފަ އެވެ.

އިއްޔެ އޮތް ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ، ހުކުރު ދުވަހު ކުރިއަށް ދިޔަ ރައީސް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ރިޕަބްލިކް އޮފް ކޮރެއާގެ ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ޓަކައި، މޭޔަރު ޕާކް ހިޔޮންގ-ޖޫނަށް ޝުކުރު އަދާކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި މޭޔަރު ވަނީ ރިޕަބްލިކް އޮފް ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލްގެ ފަރާތުން ރައީސް ޑރ. މުއިއްޒަށް ހެޔޮއެދުމާއި ތަހުނިޔާ ދަންނަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް