ads
ހަސަން މަހްމޫދު (މަންޑޭ)
މަންޑޭގެ އަގުބޮޑު މުދާ ހިފަހައްޓައިފި
ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން އެ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގަތް ކަމަށް ތުހުމަތު ކުރެވޭ މުދާ އެއް އަހަރު ދުވަހަށް ހިފަހައްޓައިފި އެވެ.
Advertisement

ރިޕޯޓުތައް ބުނާ ގޮތުން، މަންޑޭގެ މުދާ ހިފެހެއްޓީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރުގައިވަނީ މަންޑޭ އާއި އޭނާގެ އަންބެއްގެ މައްޗަށެވެ. 

މި މައްސަލައިގައި ތުހުމަތުވާ އެކައުންޓަކަށް ޖަމާކުރި ފައިސާ އެ އަނބިމީހާ އަށް ލިބި އަދި އެ ފައިސާއިން އޭނާ ބޮޑެތި ހޭދަތައް ކޮށްފައިވާ ކަމަށް ފުލުހުންގެ ތަހުގީގުން ދައްކާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ހުޅުމާލޭ ކޯޓުގެ އަމުރުގައިވާ ގޮތުން ތަހުގީގު ނިމެންދެން ހިފެހެއްޓީ ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މުދަލެވެ.

ފުލުހުން ރޭ މީޑިއާތަކަށް ބުނި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މަންޑޭ ދިރިއުޅޭ ގެ އަންނަނީ ބަލައި ފާސްކުރަމުންނެވެ. ފުލުހުން ވަނީ މީގެ ކުރިން ވެސް މަންޑޭ ކުއްޔަށް ދިރިއުޅެމުން ދިޔަ އަމީން އެވެނިއު އެޕާޓްމެންޓު ބަލައި ފާސްކޮށްފަ އެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް