ފަލަސްތީނު ދިދަ ހިފައިގެން ވިރާތު ކޯޅީގައި ބައްދާލައިފި
ސްޕޯޓްސް ޓީމް
19 ނޮވެންބަރ 2023 - 15:57:25
ފަލަސްތީނަށް ހަމަލަދިނުން ހުއްޓާލަން ގޮވާލައި، ކްރިކެޓް ސަޕޯޓަރަކު ކްރިކެޓް ވޯލްޑް ކަޕް 2023 ގެ ފައިނަލު މެޗު ކުރިއަށްދަނިކޮށް ދަނޑަށް އަރައި އިންޑިޔާގެ ވިރާތް ކޯލީގެ ގައިގައި ބައްދައިގަނެފިއެވެ.
އަހްމަދު އާބާދުގައި މިހާރު ހިނގަމުންދާ، އިންޑިޔާ – އޮސްޓްރޭލިއާ ކުޅޭ ފައިނަލް މެޗު ހިނގަމުންދަނިކޮށް ސެކިއުރިޓީ ރޮނގުތައް ހުރަސްކޮށް ދަނޑަށް އެރި ސަޕޯޓަރު ހުރީ ފަލަސްތީނު ދިދައެއް ހިފައިގެންނެވެ. އަދި އޭނާ ލައިގެން ހުރި ޓީޝާޓުގައި ފަލަސްތީނަށް ބޮން އެޅުން ހުއްޓާލުމަށް ގޮވާލާފައިވެއެވެ. މި ސަޕޯޓަރުވަނީ ދަނޑަށް އަރައި ވިރާތް ކޯލީގެ ގައިގައި ބައްދައިގަނެފައެވެ.
މެޗުގެ 14 ވަނަ އޯވަރުގެ ތެރޭގައި 'ފްރީ ފަލަސްތީން' ޓީޝާޓެއް ލައިގެން ހުރި ސަޕޯޓަރަކު ދުވެފައި ގޮސް އެތެރެއަށް ވަދެ ކޮލީގައި ބައްދާލުމަށް ފަހު ދަނޑުގެ ސެކިއުރިޓީން އޭނާ ހިފަހައްޓާފައިވެ އެވެ.
އަހްމަދު އާބާދުގައި ކުޅެމުންދާ މި ފައިނަލް މެޗު ބެލުމަށް 130000 މީހުން ދަނޑަށް ވަދެ އެބަތިއްބެވެ.
93%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް