ސްޕެއިންގެ އުމުރުން 33 އަަހަރުގެ ގޯލްކީޕަރު ޑެހެއާ، މި ސީޒަން ފެށުނު އިރު ޔުނައިޓެޑުން ދޫކޮށްލުމުން، އޭރުއްސުރެ ހުރީ ނުކުޅެއެވެ.
އެހެން ހުއްޓާ، އޭނާއަށް ހަފްތާއަކު 500000 ޕައުންޑްގެ ހުށަހެޅުމުން އަލް ނަސްރުން ހުށަހެޅި ކަމަށް ހުޅަނގުގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރިއެވެ. އެހެންނަމަވެސް އެ ހުށަހެޅުންތަކަށް ޑެހެއާވަނީ ނޫނެކޭ ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ޑެހެއާ އެ ހުށަހެޅުމަށް ނޫނެކޭ ބުނީ އޭނާގެ އަންހެނުން ސައުދީ އަރަބިއްޔާގައި އުޅެން ބޭނުންނުވާތީއެވެ.
އަދި އެމެރިކާގައި މެސީ ކުޅެމުން އަންނަ އިންޓަމިޔާމީއަށް ޑެހެއާ ޝައުގުވެރިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އިންޓަމިޔާމީންވެސް ޑެހެއާ ގެންނަން ބޭނުންވާ ކަމަށް ބައެއް ރިޕޯޓްތައް ބުނާތީ، އެއީ ކުރިއަށް ގޮސްފާނެ ޑީލެއް ކަމަށް ބެލެވެއެވެ.