ads
ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް
ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ޝަމްނާޒްވެސް އިސްތިއުފާ ދެއްވައިފި
މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު ފާތިމަތު ޝަމްނާޒު އަލީ ސަލީމް ކައުންސިލަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
Advertisement

ޝަމްނާޒު އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

މާލެ ސިޓީ ކައުންސިލް މެންބަރުންގެ ގޮތުގައި ތިއްބެވި އާދަމް ރަމީޒާއި އަބްދުﷲ ނާސިރު މެންބަރު ކަމުން އިސްތިއުފާ ދެއްވައިިފި އެވެ. އަދި މާލޭ މޭޔަރު ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރުގެ މަގާމުން އިސްތިއުފާ ދެއްވީ ރާއްޖޭގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތުމަށްޓަކައި އެވެ. 

ރައީސް މުއިއްޒު ރައީސް ކަމުގެ ހުވާ ކުރައްވާ މަގާމާއި ރަސްމީކޮށް ހުކުރު ދުވަހު ހަވާލުވުމަށް ފަހު، އެމަނިކުފާނުގެ ދެ އެކުވެރިން ކަމުގައިވާ ރަމީޒާއި ނަސީރު މިހާރު ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވައިފަ އެވެ.

ޝަމްނާޒް ވެސް ކައުންސިލަރުގެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމަކަށް އެދި އެވެ. "ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި ޝަމްނާޒު އިސްތިއުފާ ދެއްވީ، މުލީއާގޭގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެލެއްވުމަށެވެ.



0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް