ads
ކެޓްރީނާ އަދި ސަލްމާން ހާން
ކެޓްރީނާ އަކީ ކޮޕީ ކެޓެއް: ސަލްމާން ހާން
ކެޓްރީނާ ކައިފް އަކީ ކޮޕީ ކެޓެއްކަމަށް ސަލްމާން ހާން ބުނެފިއެެވެ.

ސަލްމާން ހާން މިހެން ކެޓްރީނާ އާ ދިމާލަށް ބުނީ ކެޓްރީނާގެ ފޭނުންނަށް އިންސްޓަގްރާމުގައި ސުވާލުކުރަން ހުޅުވާލި ފުރުސަތެއްގައި ސަލްމާން ހާންވެސް ބައިވެރިވެއެވެ. 

މިގޮތުން ސަލްމާން ހާން ބުނެފައިވަނީ އޭނާ "ޖާނޭކޭ ޗާރު ދިން" ގައި ތުވާލި ބޭނުންކުރާ އިރު "ޓައިގާ 3" ގައި ކެޓްރީނާ ވެސް ތުވާއްޔެއް ބޭނުންކުރާތީ ކެޓްރީނާއަކީ ކޮޕީކެޓެއްކަމަށެވެ. 

މި ކޮމެންޓަށް ރިޕްލައިކުރަމުން ކެޓްރީނާ ބުނެފައިވަނީ "ޖާނޭކޭ ޗާރު ދިން" ގައި ސަލްމާ ތުވާލި ބޭނުންކުރާ ގޮތާ "ޓައިގާ 3" ގައި އޭނާ ތުވާލި ބޭނުންކުރާގޮތާ ތަފާތުކަމަށެވެ. 

ކެޓްރީނާއާއި ސަލްމާންހާން އަކީ "ޓައިގާ 3" ގެ ދެ ތަރިންނެވެ. އަދި ކެޓްރީނާއަކީ ކޮޕީކެޓެއްކަމަށް ސަލްމާން ބުނީ ސަމާސާކުރުމުގެ ގޮތުންކަމަށް ބެލެވެއެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް