ads
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް: ކެބިނެޓަށް އައްޔަން ކުރެއްވި 22 ވަޒީރުންނާ އެކު - ފޮޓޯ:ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒުގެ ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލިހަށް ފޮނުވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލިހުގެ މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް މަޖިލިހަށް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުއިއްޒު، ގާނޫނުއަސާސީގެ ދަށުން ވަޒީރުންގެ މަޖިލިހުގެ މެންބަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ 22 ބޭފުޅުންގެ ނަންފުޅު، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށްޓަކައި މަޖިލިހަށް މިއަދު ފޮނުއްވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވަޒީރުންގެ މަޖިލިހަށް މި 22 މެންބަރުން އައްޔަނު ކުރައްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ. އެ ބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާނުގެ ކުރިފުޅުމަތީގަ އެވެ. ހުވާ ކުރެއްވުމަށްފަހު، އެބޭފުޅުން ވަނީ ވަޒީރުންގެ މަޖިލިހުގެ މެންބަރުންގެ ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހަށް އައްޔަނު ކުރެއްވި މެންބަރުންނާއި އެބޭފުޅުން އައްޔަނު ކުރެއްވި މަގާމުތަކަކީ:

  • މިނިސްޓަ އޮފް ޑިފެންސް، ކަމުގެ މަގާމަށް މުހައްމަދު ގައްސާން މައުމޫން
  • މިނިސްޓަ އޮފް ފޮރިން އެފެއާޒް، ކަމުގެ މަގާމަށް މޫސާ ޒަމީރު
  • މިނިސްޓަ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، ކަމުގެ މަގާމަށް އަލީ އިހްސާން
  • މިނިސްޓަ އޮފް ފިނޭންސް، ކަމުގެ މަގާމަށް ޑރ. މުހައްމަދު ޝަފީގް
  • މިނިސްޓަ އޮފް އެޑިޔުކޭޝަން، ކަމުގެ މަގާމަށް ޑރ. އިސްމާއީލް ޝަފީއު
  • މިނިސްޓަ އޮފް ހެލްތް، ކަމުގެ މަގާމަށް ޑރ. އަބްދުالله ހަލީލް
  • މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، ކަމުގެ މަގާމަށް މުހައްމަދު ސައީދު
  • މިނިސްޓަ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ކަމުގެ މަގާމަށް އަހްމަދު ޝިޔާމް
  • އެޓާނީ ޖެނެރަލް، ކަމުގެ މަގާމަށް އަލްއުސްތާޒު އަހްމަދު އުޝާމް
  • މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް، ކަމުގެ މަގާމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • މިނިސްޓަ އޮފް ޓޫރިޒަމް، ކަމުގެ މަގާމަށް އިބްރާހީމް ފައިސަލް
  • މިނިސްޓަ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑރ. އާއިޝަތު ޝިހާމް
  • މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ކަމުގެ މަގާމަށް އަބްދުالله ރާފިއު
  • މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަޖީ، ކަމުގެ މަގާމަށް ތޯރިގު އިބްރާހީމް
  • މިނިސްޓަ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑރ. އަލީ ހައިދަރު އަހްމަދު
  • މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން، ކަމުގެ މަގާމަށް މުހައްމަދު އަމީން
  • މިނިސްޓަ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަ އެންޑް ހެރިޓޭޖް، ކަމުގެ މަގާމަށް އާދަމް ނަސީރު އިބްރާހީމް
  • މިނިސްޓަ އޮފް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ކަމުގެ މަގާމަށް ޑރ. މަރްޔަމް މާރިޔާ
  • މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަ، ކަމުގެ މަގާމަށް ޑރ. އަބްދުالله މުއްތޮލިބް
  • މިނިސްޓަ އޮފް އެގްރިކަލްޗަ އެންޑް އެނިމަލް ވެލްފެއަ، ކަމުގެ މަގާމަށް ޑރ. އާއިޝަތު ރަމީލާ
  • މިނިސްޓަ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، ކަމުގެ މަގާމަށް އިބްރާހީމް ވަހީދު
  • މިނިސްޓަ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް، ކަމުގެ މަގާމަށް އާދަމް ޝަރީފް
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް