ads
ތަޅުމުގައި މެންބަރުން ޖަލްސާއެއްގައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބިލެއް
ވަޒީފާ ގެއްލޭ ފަރާތް ތަކަށް އަލުން ވަޒީފާއެއް ލިބެންދެން ސަރުކާރުން މާލީ އިނާޔަތެއް ދިނުމާއި ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
Advertisement

ރައީސް ސޯލިހުގެ ސަރުކާރުން މަޖިލީހަށް ފޮނުވި ބިލުގައި ވަޒީފާ ނެތް ފަރާތްތަކަށް އެ ހާލަތުގައި ދޭ އެހީގެ ގޮތުގައި "ޖޮބް ސާޗް" ގެ ނަމުގައި އެލަވަންސެއް ދޭން އެ ބިލުގައި ވަނީ ހިމަނައިފަ އެވ.

މި އެލެވަންސް އެންމެ ގިނަވެގެން ލިބޭނީ ޖެހިޖެހިގެން ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. "ޖޮބް ސާޗް" އެލަވަަންސްގެ ގޮތުގައި ދިނުމަށް ބިލުގައި ހިމަނާފައިވަނީ ވަޒީފާ ގެއްލުނު އިރު ލިބެމުން ދިޔަ ޕެންޝަނަށް ބަލައި، މުސާރައިގެ 70 ޕަސެންޓް، އަދި އެންމެ ކުޑަ އަދަދަކަށް 3،000 ރުފިޔާ އަދި އެންމެ ބޮޑު އަދަދަކަށް 10،000 ރުފިޔާ އެވެ.

ވަޒީފާ ގެއްލޭ ފަރާތް ތަކަށް މަލީ އެހީ ދޭ މި ސްކީމް ހިންގުމަށްޓަކައި އަންއެމްޕްލޯއިމެންޓް އިންޝުއަރެންސް ފަންޑެއް އުފައްދައި، ފަންޑު ހިންގުމާއި ފަންޑުން އިންވެސްޓުމެންޓް ދޭނެ ގޮތް މި ބިލުގައި ވަނީ ބަޔާން ކޮށްފަ އެވެ.

މި ބިލު ގާނޫނަކަށް ވުމާ އެކު ރާއްޖޭގައި ވަޒީފާ އަދާ ކުރާ ކޮންމެ މުވައްޒަފަކު ވެސް ވަޒީފާއަދާ ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މި ސްކީމްގައި ރެޖިސްޓްރީ ކުރަން ޖެހޭނެ އެވެ. އަދި ފަންޑުން އެހީ ލިބޭނެ ކަމަށް ބުނެފައިވަނީ ދައުލަތުގެ ވަޒީފާއެއްގައި ތިން މަސް ވެފައިވާ އަދި އެހެނިހެން ވަޒީފާތަކުގައި ހަ މަސް ދުވަސް ވެފައިވާ މުވައްޒަފުންނަށެވެ. 

ބިލުގައި ވަނީ މި ސްކީމް ހިންގާނީ ވަޒީފާ އަދާކުރާ ފަރާތްތައް އިންޝުއަރެންސް ސްކީމްގައި ހިމަނައިގެން ވަޒީފާ ދޭ ފަރާތާއި އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ނަގައިގެން އެ ފައިސާ އިންވެސްޓުކޮށްގެން ކަމަށެވެ.

އެގޮތުން ވަޒީފާ ދޭ ފަރާތުންނާއި އަދާކުރާ ފަރާތުން ވެސް ޕެންޝަނަށް ބަލާ ފައިސާގެ 0.75 ޕަސެންޓު މި ފަންޑަށް ދޭން ޖެހޭނެ ކަމަށާއި މި ފައިސާ ދައްކަން ޖެހޭނީ ޕެންޝަނަށް ދައްކާ ފައިސާއާ އެކުގައި ކަމަށް ވެސް ބިލުގައި ވެއެވެ.

މީގެ އިތުރުން ވަޒީފާ ގެއްލޭ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިވުމަށް "ރީއެމްޕްލޯއިމެންޓް ޕްލޭސްމެންޓު" ޕްރޮގްރާމެއް ރާވައި ހިންގުމަށް ނެޝަނަލް ޖޮބް ސެންޓަރާ ހަވާލުކޮށްފައެވެ. 

އަމިއްލައަށް ވަޒީފާއިން ވަކިވާ މުވައްޒަފުންނާއި ވަޒީފާ އަދާކުރާ ފަރާތުގެ ރުހުމުގައި ވަކިކުރާ ފަރާތްތަކާއި ނާގާބިލްކަމުގެ ސަބަބުން ވަކި ކުރާ ފަރާތްތަކުގެ އިތުރުން ރިޓަޔާ ވާ ފަރާތްތަކަށް މި އެހީ ނުލިބޭނެ ކަމަށް ބިލުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް