ads
ފޭސްބުކް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވުމަށް ބީއެމްއެލުން ވަނީ އެދިފައި - ފޮޓޯ:ބީއެމްއެލް
ފޭސްބުކް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވަނީ
ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން އޮޅުވާލައިގެން މަކަރާ ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން އަންނާތީ މިކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލުން ބުނީ މިގޮތުން ހެކްކޮށްފައިވާ ފޭސްބުކް އެކައުންޓްތައް މެދުވެރިކޮށް 'ފްރެންޑްސް ލިސްޓް' ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖުކޮށް ފައިސާ ހޯދާ ކަމަށެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށްކަން ޔަގީން ކުރުން ކަމަށް ބީއެމްއެލުން ބުނެ އެވެ. ބީއެމްއެލުން ވަނީ މިގޮތަށް އެދޭ ފަރާތަކަށް ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް އެ ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް އެދިފަ އެވެ.

your imageފޭސްބުކް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދާތީ ސަމާލުވުމަށް ބީއެމްއެލުން ވަނީ އެދިފައި - ފޮޓޯ:ބީއެމްއެލް

ބީއެމްއެލުން ވަނީ އީސިމް އެކްޓިވޭޓް ކުރުމަށް އޮޅުވާލައިގެން އޯޓީޕީ ހޯދުމުގެ މައްސަލަތައްވެސް އެ ބޭންކަށް ހުށަހެޅެމުން އަންނަ ކަމަށް ބުނެފަ އެވެ. މިގޮތަށް އޯޓީޕީ ހޯދަން އެދޭ ފަރާތްތަކަށް އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާ ނުކުރުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ބީއެމްއެލުން ބުނި ގޮތުގައި ޓެލެގްރާމް، ވައިބާ ފަދަ ޗެނަލްތައް މެދުވެރިކޮށް ޑޮލަރު ގަތުމަށް ފައިސާ ފޮނުވުމުގެ ސަބަބުން ސްކޭމް ވާ މައްސަލަތައް އެ ބޭންކަށް ހުށަހެޅިފައިވާ ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް