ads
އަލީ އާދަމް
އިސްމެޖިސްޓްރޭޓް އަލީ އާދަމް ޑީމޯޓްކޮށްފި
ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ، އަދި ސަސްޕެންޑްކޮށްފައި ހުރި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓޭޓް އަލީ އާދަމަށް، މެޖިސްޓްރޭޓް ކަމަށް ޑީމޯޓްކޮށްފިއެވެ.

މިހާރުވެސް ސަސްޕެންޝަނުގައި ހުރި އަލީ އާދަމް، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވަނީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ ޚަސްމަކަށް ގުޅައި މެސެޖުކޮށް ހެދި ކަމުގެ ތުހުމަތުގައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅު މައްސަލައެއްގައި، ކަމާ ބެހޭ މައުލޫމާތު ސާފުނުކޮށް އަދި މައްސަލަ އެކަށީގެންވާ މިންވަރަށް ދިރާސާކުރުމެއް ނެތި ގޮތް ނިންމާފައިވާތީ، އެ މައްސަލައަށް ފަރުވާ ކުޑަ ކޮށްފައިވާކަން ސާބިތުވާ ކަމަށެވެ. އެހެންވެ، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މަގާމަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

އަލީ އާދަމްއާ ގުޅޭ ސީރިއަސް މައްސަލަތަކެއް ސާބިތުވެ، އޭނާ މަގާމުން ވަކިކޮށްދިނުމަށް އެދި ޖޭއެސްސީ އިން ވަނީ ދެ ފަހަރެއްގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހު އެވެ. އޭގެ ފަހުން އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ވެސް މަޖިލީހަށް ލަފާ ދީފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. މީގެ ތެރެއިން އެއް މައްސަލަ އަކީ ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި މެސެޖުކޮށް ހެދި މައްސަލަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް