
ނިމުނު އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ގާޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ ފަލަސްތީނު މީހުންގެ އަދަދު މިހާރުވަނީ 13،000 ހުރަސްކޮށްފައި އެވެ.
އޭގެ ތެރޭގައި 5،500 މައުސޫމު ކުޑަކުދިން ހިމެނޭ އިރު، މި ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 3,900 އަންހެނުންނާއި ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން ހިމެނެ އެވެ.
މެކްރޮން އޮފީހުން އިއްޔެ ނެރުނު ކުރު ބަޔާނެއްގައި ބުނީ އާންމުންނާއި ޓެރަރިސްޓުން ވަކި ކުރުން ކޮންމެހެން މަޖުބޫރު ކަމަށާއި އިންސާނީ އެހީ ފަލަސްތީނުގެ ގާޒާއަށް ވެއްދުމަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލުން މުހިންމު ކަމަށް މެކޯން ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުކުރައްވައި ވިދާޅުވި ކަމަށެވެ.
މެކްރޮން ވަނީ ހުޅަނގު އައްސޭރި ކޮންޓްރޯލު ކުރަމުންދާ ފަލަސްތީނު ސަރުކާރުގެ ރައީސް މަހްމޫދް އައްބާސްއާ ވެސް ވާހަކަ ދައްކަވައިފަ އެވެ. ވިދާޅުވީ "އޮކްޓޯބަރު ހަތެއްގައި ޔަހޫދީ އާބާދީތަކަށް ހަމާސްގެ އަސްކަރީ މެމްބަރުން އަރައިގަތުމާ އެކު، އެކަން ސަރަަހައްދީ ގައުމުތަކުން ކުށްވެރި ކުރުން މުހިންމު.." ކަމަށެވެ.
ޔަހޫދީ އިސްރާއީލުން ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގައި އެންމެ ފަހުން އަމާޒުކޮށްފައި ވަނީ ވަގުތީ ހިޔާގެ ގޮތުގައި ބޭނުންކުރަމުންއައި އދ ގެ ސްކޫލަކަށެވެ.