ads
ގާޒާއިން ޝަހީދުކޮށްލައިފައިވާ ބައެއްގެ މައްޔިތުން ވަޅުލުމަށް ތައްޔާރުކުރެފިފައި - ފޮޓޯ: އޭއެފްޕީ
ޔަހޫދީންގެ ހަމަލާތަކުގައި ގާޒާއިން ޝަހީދުވި މީހުންގެ އަދަދު 13،000 އިން މައްޗަށް
ޔަހޫދީ އިޒްރޭލު ސިފައިން ގާޒާއަށް މިހާރު ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 13،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ޕްރެސް ބްރީފިން އެއްގައި ވާހަކަ ހާމަކުރި ގޮތުގައި އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 13،000 މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި 5،500 މައުސޫމު ކުޑަކުދިން ހިމެނޭ އިރު، މި ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 3,900 އަންހެނުންނާއި ގިނަ އަދަދެއްގެ އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމުގަ އެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ހަމަލާތަކުގައި ގެއްލިގެން ހޯދަމުންދާ މީހުންނާ ގުޅޭ ގޮތުން އޮފިޝަލުންނަށް 1،900 އިންކުއަރީ ލިބިފައިވާއިރު އޭގެ ތެރޭގައި 1200 މައުސޫމު ކުޑަކުދިން ހިމެނެ އެވެ. އަދި ޒަހަމްވެގެން 30،260 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އިޒްރޭލުން ހިންގާ މި ގަތުލު އާއްމުގައި ވަނީ ގާޒާގެ އެތައް ތަނެއް ސުންނާފަތިކޮށް ބިމާ ހަމަކޮށްފަ އެވެ. އަދި އެތައް ބަޔަކު މަގުމަތިވެ ހާލުގައި ޖެހިފައިވާއިރު ޔަހޫދީ އިޒްރޭލުން ވަނީ ގާޒާ އިން އަސާސީ ހިދުމަތްތައް ހުއްޓުވާފަ އެވެ. އެގޮތުން ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ވަނީ ހުއްޓުވާފަ އެވެ.

your imageއިޒްރޭލްގެ ހަމަލާއެއްގައި މަރުވި ފަލަސްތީނުގެ ކުޑަކުއްޖަކު އޭނާގެ ބައްޕަގެ އަތުން ވަޅުލަން ތައްޔާރު ވަނީ

ޔަހޫދީންގެ އުދުވާނުގައި އެންމެ ފަހުން ހަމަލަތައް އަމާޒު ކޮށްފައި ވަނީ އ.ދގެ ދެ ސްކޫލަކަށެވެ. ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އ.ދގެ އިދާރާ އިން ހިންގާ އެ ދެ ސްކޫލަކީ، ޔަހޫދީންގެ ހަމަލަތަކުގައި ގެދޮރު ނެތިފައިވާ އެތަކެއް ހާސް ބަޔަކަށް ހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދިޔަ ދެ ސްކޫލެވެ.

ޔަހޫދީން ހަމަލަ ދީފައި ވަނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ހުންނަ އަލް-ފަހޫރް ސްކޫލާއި ތަލް އަލް-ޒައަތަރީގައި ހުންނަ ސްކޫލަކަށެވެ. ގާޒާގެ އުތުރުގައި ހުންނަ އެ ދެ ސްކޫލަށް ދިން ހަމަލަތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށާއި، އެތަކެއް ސަތޭކަ ބަޔަކު ޒަހަމު ކޮށްލާފައިވާ ކަމުގައި ޔޫ.އެން.އާރް.ޑަބްލިޔު.އޭން ބުނެ އެވެ.

އަލް-ފަޚޫރް ސްކޫލަށް ދީފައިވާ ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ތަލް އަލް-ޒައަތަރީގައި ހުންނަ ސްކޫލަށް ދީފައިވާ ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު އަދި ސާފެއް ނޫނެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމުގައި ރިޕޯޓުތައް ބުނެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ގާޒާގައި މެޑިކަލް ސާމާނުގެ ދަތިކަން ވެސް އިންތިހާއަށް ވަނީ ބޮޑުވެފަ އެވެ. ޒަހަމްވެފައިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންކުރާ ސިއްހީ ހަސްފަތާލުތަކަށް ޔަހޫދީ އިޒްރޭލު ސިފައިން ހަމަލާދީ ހިސޯރުކޮށްފައިވާތީ ސިއްހީ ފަރުވާނުލިބި އެތައް ބަޔަކު މަރާ ހަގުރާމަކުރަމުން އަންނަ ކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ގާޒާގެ ހާލަތު މި ވަގުތު އޮތް ގޮތުން، އެ މީހުންނަށް ސިއްހީ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހުރަސް އެޅިފައެވެ. ގާޒާގައި ހިންގާ 35 ހޮސްޕިޓަލުގެ ތެރެއިން 18 ހޮސްޕިޓަލެއް މިހާރު ވަނީ ބަންދު ކޮށްފަ އެވެ.

އޮކްޓޯބަރު 7، އިން ފެށިގެން މެދުކެނޑުމެއްނެތި އިޒްރޭލުން އަންނަނީ ގާޒާއަށް ބޮން އަޅަމުންނެވެ. ޓެރަރިސްޓުންނާ ދެކޮޅަށް ދެމުންދާ ހަމަލާތަކެއް ކަމަށް އިޒްރޭލުން ބުނި ނަމަވެސް މިއީ ސީދާ ގާޒާގައި އުޅޭ ފަލަސްތީނުގެ ރައްޔިތުން ނަސްލު ނައްތާލުމަށް ދެމުންދާ ހަމަލާތަކެކަމަށް ދުނިޔޭގެ ސީނިއަރ ރިޕޯޓަރުން އަންނަނީ ސިފަކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް