ads
ރައްޔިތުންގެ މަޖިލިސް ތަޅުމުގައި މެންބަރުން ޖަލްސާއެއްގައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
މަޖިލީހުން 6.5 ބިލިއަންގެ ސަޕްލިމެންޓްރީ ބަޖެޓު ފާސްކޮށްފި
މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ ވޯޓުންނެވެ. ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުމާ ދެކޮޅަށް 10 މެންބަރުން ވޯޓު ދީފައިވެއެވެ.

ފިނޭންސް މިނިސްޓްރީން 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު 18 ވަނަ ދުވަހު އެވެ. 

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދިނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް، މި އަހަރު ނިމޭއިރު ޖުމްލަ ބަޖެޓު ހުންނާނެ ކަމަށް ލަފާކުރަނީ 49.3 ބިލިއަން ރުފިޔާގަ އެވެ. 

ސަޕްލިމެންޓްރީ ބަޖެޓުގައި ހިމެނެނީ ރިކަރަންޓު ހަރަދަށް 3.1 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް 3.3 ބިލިއަން ރުފިޔާ ހިމަނާފަ އެވެ. އަދި ސަޕްލިމެންޓްރީ ބަޖެޓްގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމެނެނީ ސަބްސިޑީތަކަށް 1.8 ބިލިއަން ރުފިޔާ އާއި އާސަންދައަށް 1.2 ބިލިއަން ރުފިޔާ އެވެ.

ސަރުކާރުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން އެނގޭ ގޮތުގައި އާސަންދައަށް ބަޖެޓު ކުރި ވަރަށް 487.6 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު ސަބްސިޑީއަށް އިތުރަށް 732.4 މިލިއަން ހަރަދު ކޮށްފައި ވެއެވެ. ބަޖެޓުން 33 ބިލިއަނެއްހައި ރުފިޔާ ފާއިތުވި ސެޕްޓެންބަރު މަހުގެ މެދަކާ ހަމައަށް އައިއިރު ހަރަދުކޮށްފައި ވެއެވެ.

މިދިޔަ އަހަރު ވެސް ދައުލަތުގެ ހަރަދުތައް ހަމަޖައްސަން އިތުރު 5.8 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައިވެ އެވެ.

މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ މެންބަރުން ގަބޫލުކުރައްވާ ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅިއިރު އެ ބަޖެޓްގައި ހިމެނޭ ފައިސާ މާލިއްޔަތު ގާނޫނާ ހިލާފަށް ނިމިދިޔަ ސަރުކާރުން ވަނީ ހަރަދުކޮށްފަ އެވެ. ނަމަވެސް ސަރުކާރާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން އެ ތުހުމަތު ދޮގުކުރައްވަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް