
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ވިދާޅުވީ ޝަކުވާއެއް އޮތްނަމަ ރައީސް ސޯލިހުގެ ސަރުކާރުން ދޫކުރި ބިމާއި ފްލެޓު ލިސްޓު ރިވިއުކުރާނެ ކަމަށް - ފޮޓޯ:ހައުސިން މިނިސްޓްރީ
ރައީސް ސޯލިހުގެ ސަރުކާރުން ދޫކުރި ބިމާއި ފްލެޓު ލިސްޓު ރިވިއުކުރަނީ
މުހައްމަދު އަތީފް
20 ނޮވެންބަރ 2023 - 17:09:58
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދޫކުރި ބިމާއި ފްލެޓުތަކާ ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ އެ ލިސްޓް ރިވިއު ކުރައްވާނެ ކަމަށް، މި ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހައިދަރު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާ ހަމައަށް ދޫކޮށްފައިވާ ބިންތަކާއި ފްލެޓުތައް އެގޮތަށް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަަމަށެވެ.
އެހެންނަމަވެސް އިންތިހާބުގެ ކުރިން ދޫކޮށްފައިވާ ބިންތަކާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ އެކަމެއް ރިވިއު ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެންމެފަހުން ދޫކޮށްފައިވާ ފްލެޓު ލިސްޓުގެ ކަންކަން މަޑުޖައްސާލުމަށް އޭސީސީން އަންގާފައިވާއިރު، އެ މަސައްކަތް ކުރިއަށް ގެންދާނީ އެ ކޮމިޝަނުގެ ލަފާގެ މަތިން ކަމަށްވެސް ހައިދަރު ވިދާޅުވި އެވެ.
ތަފްސީލް އަންނަނީ...
67%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް