ads
ވިޒިޓާ އިކޮނޮމީ ކައުންސިލުގެ ކޯޗެއާ އަދި ޓޫރިޒަމް މިނިސްޓަރު ފައިސަލް: ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ ރީބްރޭންޑް ކުރުމަކީ ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށް - ފޮޓޯ:ރައީސް އޮފީސް
އެމްއެމްޕީއާރުސީ ރީބްރޭންޑް ކުރަން ރައީސް ވަރަށް ބޭނުންފުޅުވޭ: ފައިސަލް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އެއްކޮށް ރީބްރޭންޑް ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށް ވިޒިޓާ އިކޮނޮމީ ކައުންސިލުގެ ކޯޗެއާ އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ވިޒިޓާ އިކޮނޮމީ ކައުންސިލުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލެއް އެކުލަވާލާފައި ވީނަމަވެސް އެ ކައުންސިލާ އެކު، ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް މައިގަނޑު ގޮތެއްގައި ކުރާނީ އެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ އެމްއެމްޕީއާރުސީން ކަމަށެވެ.

"ރައީސް މުއިއްޒު ވަރަށް ބޭނުންފުޅުވޭ އެމްއެމްޕީއާރުސީ ރީބްރޭންޑް ކުރުމަށް. މިހާރު އަޅުގަނޑުމެން އެތަނަށް އެމްޑީން އެސައިން ކުރެވުނީމަ އެ މަސައްކަތްވެސް ފަށައިގަންނާނަން،" - ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް

އެ މަސައްކަތް ވަރަށް ތަފާތުކޮށް ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވެފައި ވަނީ މިހާރު ހުރި މާކެޓުތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި އިތުރު މާކެޓުތައް ހޯދައި، ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށެވެ.

ވިޒިޓާ އިކޮނޮމީ ކައުންސިލުގެ ބައްދަލުވުންތައް ކޮންމެ ދުވަހަކު ބޭއްވުމުގެ ބަދަލުގައި ދުރާލާ ރާވައިގެން ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތު ކުރުމަށް ސިޔާސަތުތައް އެކުލަވާލަމުން ދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ވިޒިޓަ އިކޮނޮމިކް ކައުންސިލަކީ ރާއްޖޭގެ އިގުތިސޯދުގެ މައި އަސާސް ކަމަށްވާ ފަތުރުވެރިކަން ފުޅާކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާ ވިދާޅުވުމާ އެއްގޮތަށް އެކަން ހާސިލުކުރަން އުފެއްދެވި ކައުންސިލެކެވެ. އެ ކައުންސިލުގެ މެންޑޭޓްގެ ގޮތުގައި ހިމެނޭ އަނެއް ކަމަކީ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކުރަން ކުރަން ޖެހޭ މަސައްކަތް ކުރުމެވެ. އެ ކައުންސިލު ޗެއާ ކުރައްވާނީ ރައީސް ޑރ. މުއިއްޒެވެ. ކޯ ޗެއާކަން ކުރުމަށް ހަމަޖެހިފައި ވަނީ ފައިސަލްގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް