ads
ހާނިމް
ލޯނު ނުދައްކައިގެން ހާނިމްގެ މައްޗަށް އަނެއްކާވެސް ހުކުމެއް
ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި ކުޅިވަރުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމް ހާސިލު ކުރައްވާފައިވާ މުހައްމަދު ހާނިމް، ބޭންކް އޮފް މޯލްޑިވްސްއިން ނަންގަވާފައިވާ ލުއި ލޯނަކަށް ފައިސާ ނުދައްކައިގެން ހުކުމެއް ކޮށްފި އެވެ.

ސިވިލް ކޯޓުން ހޯމަ ދުވަހު ހާނިމްގެ މައްޗަށް ކުރި ހުކުމަކީ ބޭންކުން ނަގާފައިވާ 100،000 ރުފިޔާގެ ލޯނެއްގެ ތެރެއިން ބާކީ ނުދައްކައި އޮތް 28،000 ރުފިޔާ ދެއްކުމަށް ކުރި ހުކުމެކެވެ. މި މައްސަލައިގައި ހާނިމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ ގައިރު ހާޒިރުގަ އެވެ.

ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަދި ކުޅިވަރުގެ ދާއިރާއިން އާންމު ހިދުމަތުގެ އިނާމު ހާސިލު ކުރައްވާފައިވާ މުހައްމަދު ހާނިމް، ކްރެޑިޓް ކާޑަށް ފައިސާ ނުދައްކައިގެންވެސް މީގެ ކުރިން ހުކުމެއް ކޮށްފައިވެ އެވެ. އެއީ، ބޭންކް އޮފް މޯލްޑިވްސްއިން ހާނިމަށް ދޫކުރި، އެމެރިކަން އެކްސްޕްރެސް ގޯލްޑް ކްރެޑިޓް ކާޑަކަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެންނެވެ.

މީގެ އިތުރުން އެސްޓަސްއިން ކްރެޑިޓަށް ނެގި މުދަލަށް ފައިސާ ނުދައްކައިގެންވެސް ހާނިމްގެ މައްޗަށް ހުކުމެއް ކޮށްފައިވެ އެވެ. ލޯނަކަށް ފައިސާ ނުދައްކައިގެން ހާނިމްގެ މައްޗަށް ކުރިންވެސް ސިވިލް ކޯޓުން ހުކުމެއް ކޮށްފައިވެ އެވެ. އަދި ޖިނާއީ މައްސަލައެއްގައިވެސް ހާނިމްގެ މައްޗަށް މީގެ ކުރިން ދައުވާ އުފުލާފައިވެ އެވެ.

ހާނިމަކީ ކަސްރަތު ކުރުމާއި ކަސްރަތާ ބެހޭ މައުލޫމާތު ދެއްވުމާއި މި ރޮނގުން މީހުން ހޭލުންތެރިކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ހާނިމްއަށް ވަނީ ކުޅިވަރަށް ހިދުމަތް ކުރުމުގެ ދާއިރާއިން 2007 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމް ލިބިފަ އެވެ. ރާއްޖޭން ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ކާމިޔާބު ކުރިއިރު ހާނިމްއަކީ އެ ޓީމުގެ މެނޭޖަރެވެ.

43%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް