ads
އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިޙު
ޑިމޮކްރެޓްސްގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރާނީ ސައިފް
މާލޭ ސިޓީ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނީ މުހައްމަދު ސައިފް ފާތިހް ކަމަށް އެ ޕާޓީން ކަނޑައަޅައިފި އެވެ.

ޑިމޮކްރެޓްސް އިން މާލޭ ސިޓީ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލީ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.

ޑިމޮކްރެޓްސް އިން ބުނީ އެ މުއްދަތުގައި އެމަގާމަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ ސައިފް އެކަނި ކަމުގައިވާތީ، އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން މާލޭ ސިޓީ މޭޔަރު އިންތިހާބުކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނަށް ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނީ ސައިފް ކަމުގައި ކަނޑައަޅައިފައިވާ ކަމަށެވެ.

މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުޢިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ރާއްޖޭގެ ވެރިކަމާ ހަވާލުވުމާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް