ads
އާ އިމިގްރޭޝަން ކޮންޓްރޯލަރު
ދިވެހިން އިމުގާ ފުރަން ނުޖެހޭ ގޮތަށް ހަދައިފި
ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް "ޓްރެވެލާ ޑެކްލެރޭޝަން" ފޯމު ނުވަތަ އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް އިމިގްރޭޝަނުން ހަދައިއިފިއެވެ.

ދިވެހިންނަށް އިމުގާ ފޯމް ފުރަން ނުޖެހޭ ގޮތަށް ހެދީ، އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލްގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި މުހައްމަދު ޝަމްއާން ވަހީދުއެވެ. މިކަން ހާމަކޮށް، އިމިގްރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޝަމްއާން ރަސްމީކޮށް މިއަދު ވަޒީފާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ވެސް ވަނީ އާންމުންނަށް ލުއިފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފައްޓަވާފައި ކަމަށެވެ. އިމުގާ ފޯމު ފުރުން ހުއްޓާލަން އޭނާ ނިންމެވީ އެގޮތުން މަތިން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"ޓްރެވެލާ ޑެކްލެރޭޝަން ފޯމު ދިވެހި ރައްޔިތުން ފުރިހަމަކުރަން ނުޖެހޭ ގޮތަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މިއަދު ނިންމެވީ މި ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކުލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައި ވާތީ އެވެ،" އިމްގްރޭޝަންގެ ބަޔާނުގައިވެ އެވެ.

މީގެ ކުރިން އޮންނަ ގޮތުން، ރާއްޖެ އަށް އަންނަ އަދި ރާއްޖެއިން ބޭރަށް ދާ ދިވެހިންގެ އިތުރުން ބިދޭސީންނާއި ޓޫރިސްޓުންނަށް ވެސް މި ފޯމު ފުރަން ޖެހެ އެވެ. ދިވެހިންނަށް މި ފޯމު ފުރަން ނުޖެހޭ ގޮތަށް ހެދި ނަމަވެސް ބިދޭސީންނާއި ޓޫރިސްޓުން އަދިވެސް މި ފޯމު ފުރަން ޖެހޭނެ އެވެ. އިމުގާ ފޯމު ތައާރަފުކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުގެ ހިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން ޖުލައި 15، 2020 ގަ އެވެ. އަދި މާޗު 14، 2021 އިން ފެށިގެން މި ފޯމު އޮންލައިންކޮށް ފުރޭނެ އިންތިޒާމު ހަމަޖެއްސި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް