އަންނަ އަހަރުގެ މުބާރާތުން އިޓަލީން ޔޫރޯގެ ޖާގަ ހޯދާފައިވަނީ ރޭ ކުޅުނު މެޗުން ޔޫކްރެއިނާ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ކޮލިފައިން ގްރޫޕްގެ ދެ ވަނަ ހޯދައިގެންނެވެ. މި މެޗަށް ނުކުތް އިރުވެސް ކޮލިފައިވުމަށް އިޓަލީއަށް ބޭނުންވަނީ ޕޮއިންޓެކެވެ.
ކޮލިފައިން ގްރޫޕް ސީގެ އެއް ވަނަ ދިޔައީ ރޭ ނޯތު މެސެޑޯނިއާއާ 1-1 އިން އެއްވަރުވި، އިންގްލެންޑް އެވެ. އެ ޓީމަށް ވަނީ އަށް މެޗުން 20 ޕޮއިންޓް ލިބިފަ އެވެ. އިޓަލީ ދެ ވަނަ ހޯދީ ތިން ވަނައިގައި ނިންމި ޔޫކްރެއިނާ އެއްވަރަށް އަށް މެޗުން 14 ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ކުރިހޯދައިގެންނެވެ.
ޔޫކްރެއިނަށް ދެން ޔޫރޯގެ ފުރުސަތު ހޯދެން އޮތީ އަންނަ އަހަރުގެ މާޗް މަހު ކުޅޭ ޕްލޭއޮފުން މޮޅުވެގެންނެވެ.