ads
ރާއްޖޭގައި 5،400 އަށްވުރެ ގިނަ އެކަނިވެރި މައިން އުޅޭ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސް ހިސާބުތަކުން ދައްކާ.
ރާއްޖޭގައި 5،400 އަށް ވުރެ ގިނަ އެކަނިވެރި މައިން
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި އާންމު ކުރި ތަފާސް ހިސާބުތަކުން ރާއްޖޭގައި 5،400 އަށްވުރެ ގިނަ އެކަނިވެރި މައިން އުޅޭ ކަމަށް ދައްކައިފި އެވެ.

އެމްބީއެސްއިން އިއްޔެ އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ތެރެއިން 31 އިންސައްތަ އަކީ ކުޑަކުދިންނެވެ. އެގޮތުން ޖުމުލަ ކުޑަކުދިންގެ އަދަދު 119,159 އަށް އަރާއިރު، އޭގެ ތެރެއިން 61,150 ކުދިންނަކީ ފިރިހެން ކުދިންނެވެ. އަދި އަންހެން ކުދިންގެ އަދަދަކީ 58,009 އެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުން އަތޮޅުތަކުގައި 73،907 ކުޑަކުދިން ދިރިއުޅޭއިރު، ކުޑަކުދިންގެ އާބާދީގެ 38 އިންސައްތަ ކުޑަކުދިން ދިރިއުޅެމުން އަންނަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ. އެއީ 45،525 ކުޑަކުދިންނެވެ.

އެމްބީއެސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮންމެ ތިން ކުއްޖަކުން އެއް ކުއްޖަކީ ފައިސާގެ ދަތިކަމާއި ތައުލީމާއި އަސާސީ ހިދުމަތް ފަދަ ކަންކަމުން މަހުރޫމްވެފައިވާ ކުއްޖެކެވެ. އަދި ނުކުޅަދުންތެރިކަން ހުންނަ ކުދިންގެ ގޮތުގައި 3.8 އިންސައްތަ ކުދިން ހިމެނެ އެވެ.

މީގެ އިތުރުން އެންސްޕާއިން ވަގުތީ ގޮތުން ކުދިން ބަލާ މީހުންނަށް ފޮސްޓާ ޕޭރެންޓް އެލަވަންސްގެ ގޮތުގައި 148 މީހަކަށް އެލަވަންސް ދެ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް