ads
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ދީނީ ހޭލުންތެރިކަން އިތުރުކުރަން ސްޓްރެޓެޖިކް ޕްލޭނެއް ހަދަން ނިންމައިފި
ރައްޔިތުންގެ ހިތްތަކުގައި އިސްލާމް ދީނަށް އޮތް ލޯބި ވަރުގަދަކޮށް، ދީނީ ކަންކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފި އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނުގެ ރުކުންތަކާއި އީމާންކަމުގެ ރުކުންތަކަށް ރާއްޖޭގެ ޒުވާނުންނާއި ރައްޔިތުންގެ ހިތްތަކުގައި ހޭލުންތެރިކަން އިތުރުކޮށް ލޯބި ޖެއްސުމަށް އިސްލާމީ ދައުވަތުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ހަފުތާގެ ތެރޭގައި އޭގެ ދެލިކޮޕީ ނިމޭނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.

ޑރ. ޝަހީމަކީ ކުރިންވެސް ރާއްޖޭގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅަކަށް ވުމާ އެކު، އެމަނިކުފާނު ވަނީ ވަޒީރުކަމުގެ ހުވާ މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރެއްވުމާ ހިސާބުން ފެށިގެން އެ ވުޒާރާގެ އެކިއެކި ކަންކަން ފައްޓަވާފަ އެވެ.

ރާއްޖޭގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މައިގަނޑު މަގުސަދަކީ އެ ވުޒާރާގެ ފަރާތުން ހިންގާ ޕްރޮގްރާމުތަކުގެ ނަތީޖާ އެދެވޭ ގޮތެއްގައި ނެރެވި، މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކަނޑައެޅިފައިވާ އަމާޒުތައް ހާސިލުވުން ކަމަށް ޑރ. ޝަހީމް ފާހަގަކުރައްވާފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް