ads
ވެންގާ އިންޑިޔާގައި
އިންޑިޔާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ހެދޭނެ: ވެންގާ
އިންޑިޔާއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރަކަށް ހެދޭނެ ކަމަށް، އިންޑިއާގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަށް އެހީތެރިވުމަށް، އެ ގައުމަށް ގޮސް ހުރި، އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ބުނެފިއެވެ.

އާސެން ވެންގާ ގަބޫލުކުރާ ގޮތުގައި އިންޑިއާގައި ދުނިޔޭގެ މައިދާނުގައި އެގައުމަށް އިތުރު މުހިންމު ދައުރެއް އަދާކުރެވޭނެ ގޮތަށް ޓެޕް ކުރަން ޖެހޭ ފުޓްބޯޅަ ހުނަރުގެ "ރަން މައިނެއް" އެބައޮތެވެ.

"އަހަރެންގެ އަމާޒަކީ ދުނިޔޭގައި ފުޓްބޯޅަ ރަނގަޅުކުރުން. އަދި އިންޑިއާ ފަދަ ގައުމެއް، 1.4 ބިލިއަން، ފުޓްބޯޅަ ދުނިޔޭގެ މެޕްގައި ނުހިމެނުމަކީ ކުރެވޭނެ ކަމެއް ނޫން، މައިގަނޑު އަމާޒަކީ މިތަނުގައި ރަން މައިނެއް އޮތް ކަމަށް މީހުންނަށް ގަބޫލުކޮށްދިނުން"

އޮޑިޝާގެ ބުބަނޭޝްވާރުގައި ވެންގާވަނީ ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ ޗީފްގެ ހައިސިއްޔަތުން އިންޑިޔާގެ ފުޓްބޯޅައިގެ ޕްރޮޖެކްޓެއް އިފްތިތާހު ކޮށްދީފައެވެ. ފީފާގެ އެހީގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓަކީ، ދުނިޔޭގެ އެކި މެމްބަރު ޖަމިއްޔާތަކާ ގުޅިގެން އެ ޖަމިއްޔާތަކުގެ ގައުމީ ޓީމުތަކުގެ ވާދަވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ. އަދި ފީފާއިން ވަނީ ޓެލެންޓް ކޯޗިން ޕްރޮގްރާމް ވެސް ތައާރަފްކޮށް، އެ ޕްރޮގްރާމްގެ ދަށުން މެމްބަރު ޖަމިއްޔާތަކަށް އޮން ގްރައުންޑްގައި ހީވާގި ސަޕޯޓް ދިނުމަށް ގަސްތުކޮށްފަ އެވެ.

އާސެނަލްގެ ކޯޗުކަމުގައި 1996 އިން 2018 ވަނަ އަހަރާ ހަމައަށް ވެންގާ، 73، މަސައްކަތް ކުރިއިރު، އާސެނަލް އިން ވަނީ މި މުއްދަތުގައި ތިން ފަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މީގެ ތެރެއިން އެއް ސީޒަންގައި އާސެނަލުން ޕްރިމިއާ ލީގުގެ ތަށި ނެގީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އާސެނަލް އިން ވަކިވުމަށް ފަހު ވެންގާ މަސައްކަތް ކުރަމުންދަނީ ފީފާގެ ހެޑް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް