ads
މެސީ ވޯލްޑްކަޕްގައި
ވޯލްޑްކަޕްގައި މެސީ ބޭނުންކުރި ޖޯޒީތަކެއް ނީލަންކިޔަނީ
މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި، ލިއޮނަލް މެސީ ބޭނުންކުރި ހަ ޖާޒީގެ ސެޓެއް ޑިސެމްބަރު މަހު ނީލަމުގައި ވިއްކާލަން ނިންމައިފިއެވެ.

ނީލަމުގައި ވިއްކާލަން ނިންމާފައިވާ މެސީގެ ޖޯޒީތަކަކީ، ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި، ފުރަތަމަ ހާފުގައި ސައުދީ އަރަބިއްޔާ އާއި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުތަކުގެ އިތުރުން ފަހުން އޮސްޓްރޭލިއާ، ނެދަލެންޑްސް އަދި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި - އަދި ފައިނަލުގައި ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުން ކުރި ޖޯޒީއެވެ.

މި ޖޯޒީތައް ނީލަމުގައި ވިއްކާލައިގެން 10 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. ހަގީގަތުގައި ވެސް ޖާޒީތަކުން 10 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެއް ލިބިއްޖެ ނަމަ، އެއީ މިހާތަނަށް ނީލަމުގައި ވިއްކާފައިވާ އެންމެ އަގުހުރި ކުޅިވަރު ހަނދާނީ ތަކެތީގެ ގޮތުގައި ވެގެންދާނެ އެވެ.

މިހާތަނަށް ނީލަމުގައި ވިއްކާފައިވާ އެންމެ އަގުބޮޑު އިންޑިވިޖުއަލް ޖާޒީއަކީ 1998 ވަނަ އަހަރު ޝިކާގޯ ބުލްސްއާ އެކު ނޭޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ފައިނަލްގައި ބާސްކެޓްބޯޅަ ލެޖެންޑް މައިކަލް ޖޯޑަން ލައިގެން ހުރި ޖާޒީއެކެވެ.

ޖޯޒީ ވިއްކައިގެން ލިބޭ ފައިސާގެ ބައެއް ހަދިޔާކުރާނީ މަދުން ނޫނީ ނުފެންނަ ބަލިތައް ހުންނަ ކުދިންނަށް އެހީތެރިވާ ބާސެލޯނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާ ގުޅިގެން ހިންގާ ޔުނިކާސް ޕްރޮޖެކްޓަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް