ރައީސް އޮފީހުން ބުނީ މިއަދު ގެންނަވަން މި ފެއްޓެވި ބަދަލުތައް އެކީ ފުރިހަމަވުމުން މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް ދެއްވަމުން ގެންދަވާނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން ގެންދަނީ އާބަންކޯއިންނެވެ.
މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު މިކަން މިގޮތަށް ނިންމަވާފައި ވަނީ މާލެ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީންނެވެ.