ads
ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް އައްޔަންކުރެއްވި އިބްރާހިމް އަބްދުއްރައްޒާގު ހަލީމް - ފޮޓޯ:ރައީސް އޮފީސް
ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް ހަލީމް އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް މ. ރަނިކަ، އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ހަލީމް މި މަގާމަށް އައްޔަންކުރައްވާފައި ވަނީ މިނިސްޓަރު ފެންވަރުގައި ކަމަށެވެ. ހަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފަ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހަލީމް ވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަދި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ވަނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގާ "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" ގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑް" އަށް ބަދަލުކޮށްފަ އެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ މި ބަދަލާ އެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑަކީ ރައީސްގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެމަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

މި ބޯޑު އިދާރީ ގޮތުން ހިނގަމުން ދާނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ. ބޯޑު އަލުން އެކުލަވާލުމަށްވެސް ރައީސް ވަނީ ނިންމަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް