
ނޮވެމްބަރު 2022 ން ފެށިގެން އަމަލުކުރަމުން ގެންދިޔަ މިއުސޫލާއި މެދު ދައުލަތުގެ ބަންޑާރަ ނާއިބު ރައީސް މުއިއްޒުއަށް ދެއްވި ލަފާގައި ވަނީ އެއީ ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ނަމުގައި 28 ނޮވެމްބަރު 2022 ން ފެށިގެން ޢަމަލުކުރަމުން ގެންދަނީ، ޤާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލައިފައިވާ އުސޫލެއް ކަމަށް ބަންޑާރަނައިބު ވަނީ ރައީސް އަށް ލަފާއަރުވާފައެވެ.
އަދި، ޝަރުޢީ މަރުހާލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި މި ދެންނެވި އުސޫލުގެ ދަށުން ޙައްލުކޮށްފައިވާ 5 މައްސަލައެއް ފާހަގަކުރައްވައި، މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތްޕުޅުން ޝަރުޢީ މަރުޙަލާގައި ފާހަގަކުރައްވަމުން ގެންދެވި ނުކުތާތަކަށްވެސް ރިޢާޔަތްކުރެއްވުމަކާ ނުލައިކަން ފާހަގަކޮށްފަވެެއެވެ.
އެކޮމިޓީ އުވާލެއްވި އިރު ދައުލަތުގެ މާލިއްޔަތުން ބިލިއަނެއްހާ ރުފިޔާ އާއި ހަރުމުދާ ބަދަލުގެ ގޮތުގައި ދީފަވެެއެވެ.