އިންޑިޔާގެ ބުބަނޭޝްވަރުގައި ގަތަރާ ދެކޮޅަށް ކުޅުނު މެޗުން އިންޑިޔާ ބަލިވީ ތިން ލަނޑު ސުން ލަނޑުންނެވެ.
އޭޝިއަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ގަތަރު އަތުން އިންޑިޔާ މިރޭ ބަލިވިއިރު، އިންޑިޔާއިންވަނީ ވޯލްޑްކަޕް ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ ހަފްތާގައި ރަށުން ބޭރުގައި ކުވައިތު ބަލިކޮށްފައެވެ.
މި ގްރޫޕްގައި އަނެއް މެޗުގައި މިރޭ ކުޅެނީ އަފްގާނިސްތާނާ ކުވައިތެވެ. އަފްގާނިސްތާނުވަނީ ފުރަތަމަ މެޗުގައި ގަތަރު އަތުން ބަލިވެފައެވެ.