އިންޑިއާގެ ގޯއާގައި އޮތް 54 ވަނަ ފިލްމު ފެސްޓިވަލުގައި ސަލްމާން ހާން ވަނީ ބައިވެރިވެފައެވެ.
އެ ފެސްޓިވަލުން އޭނާއަށް ވަނީ ވަރަށް މުހިންމު ސުވާލެއް ކުރިމަތިކުރުވާފައެވެ. އެއީ އަބަދުވެސް ޒުވާންކޮށް ފިޓުކޮށް ހުރުމުގެ ސިއްރަކީ ކޮބައިތޯ؟ އެވެ.
އެ ސުވާލުގެ ޖަވާބު ދެމުން ސަލްމާން ބުނީ އޭނާ ކޮންމެ އަހަރަކުވެސް އޭނާގެ ގޯސް އާދަތަކުން ދެ އާދައަކުން ދުރުވެ. އެ ދެ އާދަ ރަނގަޅު އާދައަކަށް ބަދަލުކުރާކަމަށެވެ. އޭނާ ޒުވާންކޮށް ހުރުމުގެ ސިއްރަކީ އެއީކަމަށް ސަލްމާން ބުންޏެވެ.
ސަލްމާން ހާންގެ އުމުރަކީ މިހާރު 57 އަަހަރެވެ. ނަމަވެސް އޭނާގެ ފިޓުކަމާއި ޒުވާންކަމަށް ގިނަބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.