އިންޑިއާގެ ގޯގައި އޮތް އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ސަނީ ޑިއޯލް އާ ވަނީ އެނާ ފިލްމީ ހަޔާތުގައި ކުރި ދަތުރާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.
އެގޮތުން އޭނާ ބުނީ "ގަދަރު" ކުޅެގެން އެ ފިލްމު ހިޓްވި ކަމަށެވެ. ނަމަވެސް އެ ފިލްމަށްފަހު އޭނާއަށް ރަނަގަޅު ފިލްމުތައް ކުޅުމުގެ ފުރުސަތު ނުލިބޭކަމަށެވެ.
"ރަނގަޅު ފިލްމުތަކެއް ބައްޕަގޮތަށް ކުޅެން ބޭނުންވި. އެކަމަކު ފިލްމު އިންޑަސްޓްރީން އަޅުގަނޑާމެދު ކަންކަން ކުރީ ވަރަށް ނާއިންސާފުން،" ފިލްމު ފެސްޓިވަލުގައި ރޮމުން ސަނީ ޑިއޯލް ބުންޏެވެ.
ސަނީ ބުނީ އޭނާއަށް އެހީތެރިވީ އެންމެންނަށް ޝުކުރު އަދާކުރާކަމަށެވެ.
ގިނަ ޒަމާންތަކަކަށްފަހު ސަނީ އޭނާގެ ފިލްމުގެ ސީކުއެލް "ގަަދަރު 2" ނެރެފައިވާއިރު، އެ ފިލްމު ވެފައިވަނީ ބޮޑު ހިޓަކަށެވެ. އަދި އެއީ އޭނާގެ ހަޔާތުގައިވެސް އެންމެ ހިޓުވި ފިލްމެވެ.