އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި ކަރަން ޖޯހަރު ބުނީ އޭނާ މިހާތަނަށް ކައިވެނި ކުރުވި މީހުން ވަރަށް އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަކަމަށެވެ. އޭގެ ތެރޭގައި އާލިއާ ބަޓާއި ރަންވީރު ކަޕޫރު އަދި ސިދާތް މަލޯތްރާއާއި ކިއާރާ އަދުވާނީ ހިމެނެއެވެ.
ކަރަންޖޯހަރު ބުނީ އޭނާގެ ލޭގައި "ޕަންޖާބީ އާންޓީ" އެއްގެ ސިފަތައް ހުރުމުން މީހުން ހިތާކުރުމުގައި އޭނާއަކީ ވަރަށް ހުށިޔާރު މީހެއްކަމަށެވެ.
"ދެން އޮތް މިޝަން އަކީ ސާރާ ކައިވެެނިކުރާނެ މީހަކު ހޯދުން،" ކަރަންޖޯހަރު ބުންޏެވެ.
މި ވާހަކަތާ ގުޅޭގޮތުން ސާރާ ބުނީ ކައިވެނި ކުރާނެ މީހަކު ކަރަން ޖޯހަރު ހޯދައިދިނުމަކީ އުފާވާކަމެއްކަމަށެވެ. ނަމަވެސް ކައިވެނި ކުރުމަކީ އެނާ ކުރަންބޭނުންވާ ކަންކަމުގެ ލިސްޓުގެ އެންމެ ފަހަތުގައިވާ އެއްކަންކަމަށެވެ.