
ޔޫއެފްއޯ
ޔޫއެފްއޯ ފެނި އިންޑިއާގެ އެއާޕޯޓެއް ބަންދުކޮށްފި
އައިޝަތު ނޫރާ
22 ނޮވެންބަރ 2023 - 08:30:46
އަންއައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓް (ޔޫއެފްއޯ) ފެނި އިންޑިއާގެ އެއާޕޯޓެއް ބަންދުކޮށްފިއެވެ.
އާދިއްތަ ދުވަހު ތިން ގަޑީރާ ވިހި މިނެޓަށް ބަންދުކޮށްފައިވަނީ، އިންޑިއާގެ ބީރު ޓިކެންޑްރަޖިތު އިންޓަނޭޝަނަލް (ބާޓީ) އެއާޕޯޓެވެ.
އެ އެއާޕޯޓުމަތުން ޔޫއެފްއޯ ފެނިފައިވަނީ އެ ދުވަހު މެންދުރު ފަހު 2:30 ހާއިރުއެވެ.
އެވަގުތު ދިއްލީ އާއި ގުވާހާޓީ އިން އެ އެއާޕޯޓަށް ޖައްސަންއައި ދެ ފްލައިޓެއް އަނބުރާ ފޮނުވާލާފައިވާއިރު އެ އެއާޕޯޓުގެ ބައެއް ފްލައިޓުތައް ވަނީ ޑިލޭކޮށްފައެވެ.
އެންމެ ފުރަތަމަ ޔޫއެފްއޯ ފެނިފައިވަނީ ނައްޓާލަން ތައްޔާރުވެފައިވާ ދެ ފްލައިޓު ދުއްވަން އިން ދެ ޕައިލެޓުންނަށެވެ.
މި އެއާޕޯޓު ހުންނަ މަނިޕޫރުގެ ޗުރަޗަންދުޕޫރު ޑިސްޓްރިކްޓުގައި މި އަހަރުގެ މޭމަހުގެ 3 ވަނަ ދުވަހުން ފެށިގެން އަންނަނީ ނަސްލީ ހަނގުރާމައެއް ވެސް ކުރަމުންވެ.
53%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް