މެޗު ހޫނުވެ، މެޗު ފެށުންވެސް ލަސްވިއެވެ. މަރަކާނާ ސްޓޭޑިއަމްގައި ބްރެޒިލްގެ ފުލުހުންނާއި ޒިޔާރަތްކުރި ސަޕޯޓަރުންނާ ދެމެދު ވަރުގަދަ ހަމަނުޖެހުންތަކެއްވެސް ހިނގިއެވެ.
މި މެޗުން އެއް ލަނޑު ސުން ލަނޑުން މޮޅުވީ އާޖެންޓީނާއެވެ. މެޗުގައި ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަ ނުޖެހުންތަކުގެ ވީޑިއޯތައް އާއްމުވެފައިވާއިރު، ބައެއް މީހުންނަށް ސީރިއަސް އަނިޔާވެފައިވާ މަންޒަރު ފެނިފައިވެއެވެ.
މެޗަށް ފަހު އާޖެންޓީނާގެ ކެޕްޓަން މެސީ ބުނެފައިވަނީ، ސަޕޯޓަރުންނާ ފުލުހުންނާ ދެމެދު ހިނގި ހަމަ ނުޖެހުންތައް ގަބޫލް ނުކުރެވޭނެ ކަމަށެވެ.