ads
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު
ޕާޓީ ބަދުނާމު ކުރި މައްސަލައިގައި ޕީޕީއެމުން މަލީހު ސަސްޕެންޑް ކޮށްފި
ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ކުރީގެ އިންފޮމޭޝަން ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑުކޮށްފިއެވެ.

ޕީޕީއެމުން މަލީހަށް އެކަން އަނގައި ފޮނުވި ސިޓީގައި ވަނީ، ސަސްޕެންޑު ކުރީ ލީޑާޝިޕަށާއި ސެނެޓަށް އެނގުމަކާ ނުލައި އަމިއްލަފުޅަށް ކޮމިޓީއެއް ނަންގަވައިގެން ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމާއި ގުޅިގެން ކަމަށެވެ.

ޕީޕީއެމްގެ ސެނެޓަރެއްގެ މަގާމުގައި ހުންނަވައި ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރުމުގެ މަސައްކަތްތަކެއް މަލީހު އިސްވެ ހުންނަވައިގެން ކުރައްވާކަން ޕާޓީގެ ލީޑާޝިޕުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް ޕީޕީއެމްގެ ނައިބުރައީސް އަދި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމު ސޮއި ކުރައްވައި ފޮނުވި މި ސިޓީގައި ވެއެވެ. 

އެގޮތުން ޕާޓީގެ ލީޑާޝިޕަށް ނުވަތަ ޕާޓީގެ ސެނެޓާ އެއްވެސް މަޝްވަރާނުކުރައްވައި، ޕާޓީގެ ނަމުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި، ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމުކުރައްވައި ޕާޓީ ބައިބައިކުރެއްވުމުގެ މަސައްކަތްތަކެއް މަލީހު ކުރެއްވިކަމަށް އެ ސޓީގައި ފާހަގަ ކޮށްފައި ވެއެވެ. 

އެ މައްސަލަ އާއި ގުޅިގެން ޕާޓީގެ ލީޑާޝިޕަށް ޕާޓީގެ އަސާސީ ގަވާއިދުގެ 8 ވަނަ މާއްދާއިން ލިބިފައިވާ ބާރުތަކުގެ ދަށުން މަލީހު ޕާޓީގެ އެންމެހާ ހަރަކާތްތަކުން ސަސްޕެންޑުކޮށް، އޭނާގެ މައްސަލަ ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވާ ކަމުގައިވެސް ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

"މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމެޓީން ގޮތެއް ނިންމަންދެއް ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަނިކުފާނު އެއްވެސް ގޮތަކަށް ބައިވެރިވެގެން ނުވާނެކަން ވެސް އެންގީމެވެ." ސިޓީގައި ވެއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް