ads
ފުހުންގެ އިދާރާގެ ހިންގަން، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ކޮމިޝަނަރަކަށް ހުންނެވި ފަރުހާދު ފިކުރީ
ފުލުސް އޮފީސް ހިންގުން ވަގުތީ ގޮތުން އޭސީޕީ ފަރުހާދަށް
ދިވެހިންގެ ފުލުހުންގެ ހިދުމަތް ވަގުތީ ގޮތުން ހިންގަން، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފަރުހާދު ފިކުރީއާ މިއަދު ހަވާލު ކޮށްފި އެވެ.
Advertisement

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ މިއަދު ހަވާލު ކޮށްފައިވާ ކަމަށެވެ.

މިދިޔަ ފަސް އަހަރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމުން ފުލުސް އޮފީސް ހިންގުން އެންމެ ފުރަތަމަ ވަގުތީ ގޮތުން ހަވާލުކުރީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފްއާ އެވެ. ނަމަވެސް މަންނާނު ރިޓަޔާ ކުރައްވަން މިހާރު ވަނީ ހުށައަޅުއްވައިފަ އެވެ. ބެލެވޭ ގޮތުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން އޭނާ ރިޓަޔާ ކުރައްވާނެ އެވެ.

ފުލުހުންގެ އިދާރާ ހިންގުން ފަރުހާދާ ހަވާލު ކުރީ މަންނާނު ރިޓަޔާ ކުރައްވަން ނިންމެވުމުން ކަމަށް ބެލެވެ އެވެ.

ފުލުހުންގެ އެތެރޭގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފައިވާއިރު އިއްޔެ ވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ހެޑުގެ ގޮތުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު އެ މަގާމުން ދުރުކޮށްފައެވެ.

އެ މަގާމުގައި މިހާރު ހުންނެވީ ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒެވެ.

ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ވެރިޔަކަށް ވެސް އާ އޮފިސަރަކުވަނީ ހަމަޖައްސައިފައެވެ. އިންޓެލިޖެންސްގެ ވެރިއެއްގެ ގޮތުގައި ހަމަޖައްސައިފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމެވެ.

އާ ސަރުކާރުން މިހާތަނަށް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވާފައެއް ނުވެ އެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނާ ކަމަށް އައްޔަން ކުރެވޭނީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި ހުރި މީހަކަށެވެ. އެކަމަށް ކުރިމަތިލާން ހުޅުވާލުމުން، ކުރިމަތިލާ ފަރާތްތަކާ ފުލުހުންގެ ބޯޑުން އިންޓަވިއުކޮށް ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން، މިނިސްޓަރުގެ ލަފާގެ މަތިން ކޮމިޝަނަރު އައްޔަން ކުރައްވާނީ ރައީސް އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައި ވަނީ ޕޮލިސް ކޮމިޝަނަރަކު ހަމަޖެއްސުމުގެ ގާނޫނީ މަސައްކަތްތައް ވަރަށް ހަލުވި ދުވެލީގައި ކުރިއަށް އެބަގެންދާ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް