ކޮންމެ ފްލެޓަކަށް 200،000 ރުފިޔާ ދޭން ބަޖެޓް ކޮމިޓީ އޮތީ ތައްޔާރަށް ކަމަށް ދާންދޫ ދާއިރާގެ، މެންބަރު ޔައުގޫބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ދެއްކެވި ވާހަކައިގައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި، ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމަން ކުރި ހަރަދުން 200000 ރުފިޔާ އަނބުރާ ދޭނެ ކަމަށް ޑރ. މުހައްމަދު މުއިއްޒުވަނީ ވިދާޅުވެފައެވެ. މުއިއްޒުގެ އެ ވާހަކައަށް އިޝާރާތް ކުރައްވައި ޔައުގޫބް ވިދާޅުވީ، އެ ފައިސާ ބަޖެޓްގައި ހިމަނައިދޭން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށެވެ.
ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމަން ކުރި ހަރަދުން 200000 ރުފިޔާ އަނބުރާ ދޭނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކެމްޕެއިން ތެރޭގައެވެ. މުއިއްޒު ވިދާޅުވީ ހިޔާ ފުލެޓުތައް ބައެއް ފަރާތްތަކުން ވަރަށް އަގުބޮޑުކޮށް ހަދާފައިވާ ކަމަށެވެ. ނަމަވެސް ޖުމްލަކޮށް ހެދުމުން ފުލެޓެއް ހަދަން ދާނެ ކަމަށް ބެލެވެނީ 200000 ރުފިޔާ ކަމަށާއި އެ އަދަދު ދެއްވާނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;