ads
އެފްއޭއެމްގެ ރައީސް ބައްސާމް: ފޮޓޯ މޯލްޑިވްސް ފުޓުބޯލް ކޮމް
އެންމެފަހުން ދިވެހި ލީގުގެ ފަހުބުރުވެސް ކެންސަލް
ދިވެހި ލީގުގެ ފަހުބުރު ނުވަތަ ތިންވަނަ ބުރު ކެންސަލްކޮށް، ދެވަނަ ބުރުގެ މެޗުތަކާއެކު ލީގު ނިންމާލަން އެފްއޭއެމުން ނިންމައިފިއެވެ.

އެފްއޭއެމުން ލީގުގެ ފަހު ބުރު ކެންސަލް ކުރިކަނއ އަދި ހާމަ ނުކުރިޔަސް، މި މަހުގެ ނުވަ ވަނަ ދުވަހު   ކްލަބްތަކަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު، މި މަހު ހަތް ވަނަ ދުވަހު، ބޭއްވުނު، އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީގައި ނިންމާފައިވަނީ ލީގުގެ މެޗުތައް ދެ ބުރު ކުޅޭ ގޮތަށް ކަމަށެވެ.

ލީގުގެ ފަހު ބުރު ނުކުޅެން އެފްއޭއެމުން ނިންމިއިރު ކްލަބު ވެލެންސިޔާ އަދި ގްރީން ސްޓްރީޓްސްވަނީ ލީގުން ވަކިވެފައެވެ.

މީގެ އެއް އަހަރު ކުރިން، 2021 ވަނަ އަަހަރު ވެސް އެފްއޭއެމް އިން ވަނީ ލީގުގެ ތިން ބުރެއް ކުޅެން އެންމެ ފުރަތަމަ ރާވައި، ދެ ވަނަ ބުރުން ލީގު ނިންމާލައިފަ އެވެ. އެ ފަހަރު އެ ގޮތަށް ނިންމީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދަން އެކަށީގެންވާ ފުުރުސަތުތަކެއް ނެތް ކަމަށް ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް