ads
މެރީ މަރާލި ކަމުގެ ތުހުމަތު ކުރާ ލަމްހާ އާއި މާވިން
ލަމްހާއަށް ލުއި ދިނަސް ލޯބިވެރިޔާއަށް ލުއި ނުދިން
އަނބިމީހާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް ލުއި ނުދޭން ކޯޓުން ނިންމައިފިއެވެ.
Advertisement

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިން ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމިއިރު، އެ މައްސަލައިގައި ހިމެނޭ ދިވެހި ނަރުސް، އަދި މާވިންގެ ލޯބިވެރިޔާ ލަމްހާއަށްވަނީ ބަންދަށް ލުއި ދީފައެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ.

ބިދޭސީ ނަރުހަކު މަރާލި މައްސަލައިގައި ހިމެނޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލާފައިވަނީ މިއަދުއެވެ. 

އައިޖީއެމްޗްގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ ކުރާ ލަމްހާ މިއަދު ދޫކޮށްލިއިރު، އޭނާ ބަންދުކޮށްފައި ހުންނަތާ ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އަދި އިންޖެކްޝަންތަކެއް ގެންގުޅުނު ކަމަށް ބުނެ އިތުރު ދެ ދައުވާއެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

ލަމްހާ މިއަދު ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއެކު ތިން މަސް ދުވަހުގެ މުއްދަތަށެވެ. ޑިސެމްބަރު، 2021 ގައި ހައްޔަރުކުރި ލަމްހާ ބަންދުން ދޫކޮށްލަން ކޯޓުން ޝަރުތުކޮށްފައިވަނީ ރޭގަނޑު 10 އިން ހެނދުނު 6 އާ ދެމެދު ގެއިން ބޭރުގައި އުޅުން މަނާކޮށް އަދި މާލެއިން ބޭރަށްދާ ނަމަ ކޯޓު ހުއްދަ ހޯދުން ފަދަ ބައެއް ކަންކަމަށެވެ.

ދައުލަތުން ކުރީގެ އަޑުއެހުމުގައި ބުނެފައިވަނީ އެ މީހުން ބަންދުކުރި ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އެހެންވެ ލަމްހާ ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ލަމްހާގެ ފަރާތުން ބުނެފައިވަނީ މުޖްތަމައުގެ ހައްގުގެ އިތުރުން ފަރުދީ ހައްގުތަކެއް ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށާއި ލަމްހާގެ ސިއްހީ މައްސަލަތަކެއް ވެސް އެބަހުރި ކަމަށެވެ. އެ ކަންކަމަށް ޖަލުގައި ފަރުވާ ހޯދަމުން އަންނަ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް