ads
ހައިކޯޓުގެ ރަޖިސްޓްރާ ހޫރުޝީދާ (ފޮޓޯ ޖޭއެސްސީ ޓްވިޓަ)
ކޯޓު ހުރުމަތް ކެނޑި މައްސަލަ ރިވިއުއަށް ހުށަހަޅައިފި
ކޯޓު ހުރުމަތް ކެނޑި މައްސަލަ ހައިކޯޓުގެ ރަޖިސްޓްރާ ބަލައި ނުގަތުމުން، އެ ނިންމުން ރިވިއު ކުރަން ޕީޖީ އޮފީހުން ހައިކޯޓަށް އަލުން ހުށަހަޅައިފިއެވެ.

އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފައިވާ ބައެއް މައުލޫމާތުތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނުދިން މައްސަލައެއްގައި އެ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރުމަށް ކުރި އަމުރުގެ އިސްތިއުނާފު ބަލައިނުގަތުމަށް ހައިކޯޓުން ކުރިންވަނީ ނިންމާފައެވެ. 

ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ކަނޑައަޅައި ފޭދޫ ކޯޓުން ނެރުނު އަމުރު ޕީޖީ އޮފީހުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި ނުގަންނަން ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ އެވެ.

ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބުނަނީ، ހައި ކޯޓުގައި އިސްތިއުނާފް ކުރެވޭނީ ދަށު ކޯޓަކުން ނެރޭ އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ނިންމުންތައް ކަމަށެވެ. ހަވާލާދީފައިވަނީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަށެވެ. އަދި ފޭދޫ ކޯޓުގެ ނިންމުމަކީ އެފަދަ ނިންމުމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުންވަނީ، އެ މައްސަލަ ހައި ކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތުމުން، އެ ނިންމުން ރިވިއު ކޮށްދިނުމަށް އެދި ހައި ކޯޓު ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިއެވެ.

އެ މައްސަލާގައި ކޯޓުން ހާމަކުރަން އެންގީ ދައުލަތުގެ ހެކިވެރިންގެ ހައްޔަރު ރެކޯޑެވެ. އެ މައުލޫމާތު ހާމަކުރަން ޖެހޭނެ ކަމަށް ނިންމި ނިންމުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައި އޮތަސް، ދައުލަތުން އެ ގޮތަށް އަމަލެއް ނުކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް